މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވައިލި އާ ކޯޑް އޮފް އެތިކްސްގައި މީޑިއާތަކުން ސޮއިކޮށްފި

16 އޮކްޓޯބަރ 2022 - 14:44

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވައިލި “ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު” އިފްތިތާހްކޮށް މީޑިއާތަކުން އެންޑޯސްކޮށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިއްޔެ ހޮނިހިރު ދުވްހުވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން, ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.

advertisement

މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް, މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން, އެކުލަވައިލާފައިވާ “ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު” އެވެ.

ދިވެހި މީޑިއާ ކޮންމެ މީހަކީ އަޙްލާޤީ މިންގަނޑަށް ތަބާވާ އަދި މ އަޙްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެއެވެ.

އަދި މީގެ އިތުރުން ޙަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވޭ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް  ޢަމަލު ކުރުމަށް އެއްބަސް މިންގަޑެކެވެ.

މީގެ އިތުރުންވެސް ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0