މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

17 އޮކްޓޯބަރ 2022 - 16:16

ރައީސްސިލްޖުމްހޫރިއްޔާ ކ. ކާޝިދޫގައި ދަނޑުވެރިކަމުގެ މުޖުތަމައުގެ މެމްބަރުންނާ ބައްދަލުކުރެއްވުން

ދަނޑުވެރިކުމުގެ ދުވަހާއި ކާބޯތަކެތީގެ ދުވަހަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ދަނޑުވެރިކަމުގެ މުޖުތަމައުގެ މެމްބަރުންނާ ބައްދަލުކުރައްވައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެޑްމިނިސްޓްރޭޝަނުން ވަޢުދުވެފައިވާކަން ކަށަވަރުކޮށްދެއްވިއެވެ. 

ވިލާ ކޮލެޖްއަށް 15 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މިއަދު ވިލާ ކޮލެޖްގެ 15ވަން އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮލެޖްއިން ގިނަ ހަރަކާތްތަކެއް ރާވައި ހިންގާނެއެވެ. އަދި ވިލާ ކޮލެޖްގެ ދަރިވަރުންނާއި, ގްރެޖުއޭޓް ދަރިވަރުންނާއި, މުވައްޒަފުންގެ ކާނިޔާބީތައް ފާހަގަކުރާނެއެވެ. 

ފިނޭންސް މިނިސްޓަރ ޗެކް ރިޕަބްލިކްގައި ހުންނަވާ އޮނަރަރީ ކޮންސުލް އޮފް މޯލްޑިވްސްގެ މަންދޫމުންނާ ބައްދަލުކުރެއްވުން 

މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޗެކް ރިޕަބްލިކްގައި ހުންނަވާ އޮނަރަރީ ކޮންސުލް އޮފް މޯލްޑިވްސްގެ މަންދޫމުންނާ ބައްދަލުކުރައްވައި ކުރިއަށް އޮތްތަނުގައި ތަރައްޤީއައް އެއްބާރުލުމަށް ދެވޭނެ ގޮތަތަކާ ބެހޭގުން މަޝްވަރާކުރައްވާފައެވެ. 

އެޑިއުކޭޝަން މިނިސްޓަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ބައްދަލުކުރެއްވުން 

މިނިސްޓަރ އައިޝަތު އަލީ މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ހިތުގައި ފުޓުބޯޅައަށް އޮތް ޝައުގުވެރިކަން އިތުރުކޮށް, ދަރިވަރުންގެ ކިބައިގައި ފުޓުބޯޅައިގެ ހުނަރު އާލާކުރުމަށް ކުރުވިދާނެ ކަންނަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. 

ޑިޕްލޮމާ ހާސިލުކޮށްގެން މެޖިސްޓްރޭޓަކަށް ވެވޭ ބިލު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ޑިޕްލޮމާ ހާސިލުކޮށްގެން މެޖިސްޓްރޭޓަކަށް ވެވޭ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0