ސްމާޓްކޮމްއިން ސްކޫލު ދަރިވަރުންނަަށް ސްމާޓް ސިޓީ ސްޓަޑީ ޓުއަރއެއް
October 18, 2022
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން މިއަދު ވަނީ ސާނަވީ މަރުހަލާގެ ކޮމްޕިއުޓަރ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއަރއެއް ބާއްވާފައެވެ.
We hosted a study tour for secondary school students, providing them with firsthand knowledge and experience on Smartcom’s digital infrastructure and smart city solutions, on occasion of the first anniversary of HDC’s Open Access Network. @SmartCommv pic.twitter.com/asM9Jmykv7
— HDC (@hdcmaldives) October 17, 2022
މި ސްޓަޑީ ޓުއަރއަކީ ހުޅުމާލެއަކީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗް.ޑީ.ސީން ފެށިތާ އެއް އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބޭއްވޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއްކަންތަކެވެ.
ޖުމުލަ 20 ކުދިން ހިމެނޭހެން ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުން މި ސްޓަޑީ ޓުއަރގައި ބައިވެރިވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި، ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުން، ކޮމްޕިއުޓަރ ސައިންސް އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނެއެވެ.
މިގޮތުން މި ޓުއަރގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަންއެއް ދިނުމާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗް.ޑީ.ސީގެ ޓެލެކޮމް ޓަވަރުތައް ދައްކާލުން ހިމެނުނެވެ.
މީގެ އިތުރުން، ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި މި ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރގެ މަސައްކަތްތައް ދައްކާލެއެވެ.
އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބަރ ޓު ދަ ހޯމް، ނުވަތަ އެފް.ޓީ.ޓީ.އެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯ.އެން.ޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް ދައްކާލުންވެސް ހިމެނުނެވެ.
އެޗް.ޑީ.ސީން ކުރިއަށް ގެންދާ އެހެނިހެން ކަންކަން ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަމެވެ. އަދި ތައުލީމީ ދާއިރާ އަކީވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާ އަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެކެވެ.



