ތާރީހުގެ ތެރެއިން: ރާއްޖޭގައި ފުރަތަމަ ގާއިމުކުރި ބޭންކްއާއި ޕާސްޕޯޓު

18 އޮކްޓޯބަރ 2022 - 15:39

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ބޭންކަކީ ދެކުނުގައި 1958 އާއި 1963 އާއި ދެމެދު ދެކުނުގެ އަތޮޅުތައް މާލޭ ސަރުކާރާއި ވަކިވެގެން ގާއިމުކުރި ސުވާދިވް ސަރުކާރުން ހުޅުވި “ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޯލް” އެވެ.

މި ބޭންކުގެ ކަރަންސީ ނުވަތަ ފައިސާ އަކީ ސްޓާލިން ޕައުންޑެވެ. މި ބޭންކު ހުޅުވި ފަހުން މާލޭގައި 1974 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ބޭންކުގެ ބްރާންޗެއް ހުޅުވާފައިވެއެވެ.

advertisement

 100 ޕަސަންޓު ދިވެހި ހިއްސާވާ ގޮތަށް ދިވެހި ދައުލަތުގެ ބޭންކެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވާފައިވަނީ 1983 ވަނަ އަހަރުގައި ބަންގްލަދޭޝްގެ އެހީއާއި އެކުއެވެ. އެއީ އައްޑޫގައި އެންމެ ފުރަތަމަ ބޭންކް ހުޅުވިތާ 20 އަހަރު ފަހުންނެވެ.

ސުވާދިވް ސަރުކާރުގެ ދުވަސްވަރު އައްޑޫ މީހުން ސިލޯނަށް ދަތުރުކޮށް އުޅުނީ “ދަ ޕީޕަލްސް ކައުންސިލް އޮފް އައްޑު އެޓޯލް” އިން އޭރު އިޝޫ ކުރަން ފެށި ޕާސްޕޯޓެއްގައެވެ. އޭގެ ކުރިން މީހުން ދަތުރުކޮށް އުޅުނީ މާލޭގެ އޮފީހަކުން ދޫކުރަމުން އައި ފާހެއްގައި އެންޓްރީ ވިޒާ ޖަހައިގެންނެވެ. އައްޑޫ ހުވަދޫ މީހުން މާލެއާއި ވަކިވެ، ވަކި ސަރުކާރު ގާއިމުކޮށް، ވިޔަފާރިކުރަމުން އޭރު އައިސްފައިވަނީ ވަރަށް ބާރުވެރި އިގްތިސާދެއްގެ ތެރޭގައި ކަން އެމީހުންގެ ވިޔަފާރި އާއި ބޭންކިން އަށް ބަލާލުމުން ފެނެއެވެ.

ރިއެކްޝަންސް
0
6
0
0
0
0
0