ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުސަތު ހުޅުވާލަނީ

19 އޮކްޓޯބަރ 2022 - 13:14

ސިއްހީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ފަހު ރާއްޖޭގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހުޅުވާލުމުގެ ތައްޔާރީތައް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

ހަބަރަކަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ ބޭފުޅެއް ވިދާޅުވީ މެޑިކަލް ސްޕެޝަލައިޒޭޝަން ފުރުސަތު ފުރަތަމަ ހުޅުވާލާނީ ސިއްހީ އިބްތިދާއީ ހިދުމަތް ނުވަތަ ޕްރައިމަރީ ހެލްތުކެއާގެ ދާއިރާއިން ކަމަށެވެ.

advertisement

ތިން އަހަރަށް ދެމިގެންދާ އެ ކޯސް ބާއްވާނީ ހެލްތު މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖު އޮފް ޖެނެރަލް ޕްރެކްޓިޝަނާސް ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އެ ކޯހުގެ ހަރަދާ ގުޅުން ހުރި ކަންތައްތައް ފިނޭންސް މިނިސްޓްރީން ބަލަމުންދާކަމަށާއި އަންނަ އަހަރުގެ ޖޫން، ޖުލައި ހިސާބަށް ކޯސް ފެށޭނެކަމަށް އުންމީދުކުރެއެވެ.

ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ އާ މަޝްރޫއެއް ފަށަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ އަހަރުގެ އޭޕްރިލް މަހު އިއުލާންކުރެއްވިއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0