މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

19 އޮކްޓޯބަރ 2022 - 16:19

މިނިސްޓަރ އަދި މިނިސްޓްރީގެ ބައެއް އިސްވެރިން ޅ. ކުރެންދޫ ދާއިރާގެ މެމްބަރ އަދި މެނޭޖަރ އާއި ބައްދަލުކުރެއްވުން

ޅ. ކުރެންދޫ ދާއިރާގެ މެމްބަރ އަބްދުލް ގާނީ އަދި ޅ. އޮޅުވެލިފުށީގެ ޞިއްހީ މަރުކަޒުގެ މެނޭޖަރ އާއި ބައްދަލުކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި އެ ދާއިރާގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިން އައްޔަން ކުރެއްވި ހައިކޮމިޝަނަރުންނާއެކީ ބްރީފް ސެޝަންއެއް ބާއްވައިފި

ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިން އަލަށް އައްޔަން ކުރެއްވި ހައިކޮމިޝަނަރުންނަށް މިނިސްޓްރީ އާއި ރާއްޖެއިން ބޭރުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން ބްރީފް ސެޝަންއެއް ބާއްވައިފިއެވެ.

ގަލޮޅު ދަނޑު ހެދުމުގެ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް މިއަހަރު ފަހުކޮޅު ފެށޭނެވަރުވާނެ: މަހުލޫފް

މިއަހަރު ފަހު ކޮޅު ނުވަތަ އަންނަ އަހަރުގައި ގަލޮޅު ދަނޑު ހެދުމުގެ މަސައްކަތް 25 މިލިއަން ޑޮލަރުގެ ޕްރޮޖެވްޓް ފެށޭނެވަރުވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕްވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވުމަށް ނެރުނު އިމުރު އިސްތިއުނާފު ކުރަނީ

ޓާންސްޕޯޓް މިނިސްޓްރީން ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުމަށް އަމަލު ނުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

ތިން ރަށެއްގައި ހޮސްޕިޓަލެއް އަޅާނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުއްޓާއި ރ. މީދޫ އަދި ބ. ތުޅާދޫގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ. ބަޔަކު ހޯދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0