މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑުލަށް ސަމާލުވުމަށް އެދެފި

ދިވެހި
October 25, 2022

ޕާކިސްތާންގެ އުފެއްދުމެއް ކަމަށްވާ، “އަލް ޤަމަރް ގޯލްޑް ޕްރީމިއަމް އެރޯމެޓިކް” ބާސްމަތީ ހަނޑޫ، މުއްދަތު ހަމަވެފައިވަނިކޮށް ވިއްކަމުން ދާތީ ސަމާލުވުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރިފައިވާ ނޫސްބަޔާނުގައި ވާގޮތުން އަލް ޤަމަރް ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ބާސްމަތީ ހަނޑޫގެ މުއްދަތު ހަމަވެފައިވާ 5 ކިލޯގްރާމްގެ ޕެކެޓް، މުއްދަތު ހަމަވާ ތާރީހު ބަދަލު ކޮށްގެން ވިއްކަމުންދެއެވެ. އެ އޮތޯރިޓީއިން ކުރި އިންސްޕެކްޝަންނުން ފާހަގަވަނީ މުއްދަތު ހަމަވުމުން، އޭގެ މަތީގައު ސްޓިކާއެއް ހަރުކޮށް ތާރީހު ބަދަލުކޮށްފައިވާ ކަމަށެވެ.

advertisement

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާއްމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެހެން ކަމުން މުއްދަތު ހަމަވެފައިވާ ތަކެތި އެތެރެ ކުރުމާއި ވިއްކުން ހުއްޓާލުމަށް އެމްއެފްޑީއޭން ވަނީ އަންގައިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0