މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 އޮކްޓޯބަރ 2022 - 16:41

އެޑިއުކޭޝަން މިނިސްޓްރީން ދެ ރަށެއްގެ ސްކޫލުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ޙަވާލުކޮށްފި

ލ.ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯޓަރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 10,591,730.96ރ އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑަށެވެ.

advertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކެރިއަރ ފެއާއެއް ކުރިއަށް ގެންގޮސްފި

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުޅުދުއްފުށީގައި ކެރިއަރ ފެއާއެއް ކުރިއަށް ގެންގޮސްފިއެވެ. ދަރިވަރުންނަށް ތަފާތު ކެރިއަރ މަގުތައް & ތަޢުލީމީ ފުރުޞަތުތައް ހޯދުމުގެ ފުރުޞަތު ދިނުމަށްޓަކައެވެ.

މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމްކޮށްގެން ބާއްވާ 1 ވަނަ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމް

މި ސިމްޕޯޒިއަމްގައި އެކި ދާއިރާތަކުން 175 ހެލްތު ޕްރޮފެޝަނަލުން ބައިވެރިވެއެވެ. 1 ވަނަ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމްގައި އެކްޓިން މެޑިކަލް ޑިރެކްޓަރ، ކޮންސަލްޓަންޓް އިން ޕީޑިއަޓްރިކްސް، ޑރ.ޝަމްހީދު އަދި ރެޖިސްޓަރޑް ނާރސް ލިޔޫސާ ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

‘ސްޕޭސް އެޕްލިކޭޝަންސް ފޯ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް’ގެ ކޮންފަރެންސް ބާއްވައިފި

‘ސްޕޭސް އެޕްލިކޭޝަންސް ފޯ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް’ގެ 4 ވަނަ މިނިސްޓީރިއަލް ކޮންފަރެންސް މިއަދު ވަނީ ބާއްވާފައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަލީ ބައިވެރިވިއެވެ.

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފަ

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0