އަހަރެއް ތެރޭގައި އޮމްބަޑްސްޕާސަން އޮފީހުން 111 މައްސަލައެއް ތަހުގީގު ކޮށްފި

27 އޮކްޓޯބަރ 2022 - 10:43

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯޓީޖޭ) އިން ބުނީ ސެޕްޓެންބަރު 13، 2021 އިން ފެށިގެން މިއަދުގެ ނިޔަލަށް 111 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.

އޭގެތެރޭގައި އިގްތިސޯދީ އަދި އިޖުތިމާއީ ހައްގާގުޅޭ 64 މައްސަލައާކާއި ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ހައްގާގުޅޭ 23 މައްސަލައަކާއި މަސައްކަތްކުރުމުގެ ހައްގާގުޅޭ 21 މައްސަލައަކާއި އަދުލުވެރިކަމާއެކު އިދާރި ފިޔަވަޅުތައް އެޅުމުގެ ހައްގާގުޅޭ މައްސަލައަކާއި ޒާތީ ދިރިއުޅުމުގެ ހައްގާ ގުޅޭ މައްސަލައެއް އަދި ލާއިންސާނީ އަދަބު ނުދިނުމުގެ ހައްގާ ގުޅޭ އެއް މައްސަލަ ހިމެނެއެވެ.

advertisement

މިހާރު ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގުކޮށް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ސުލްހަކުރުމުގެ މަސައްކަތްވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0