މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 ނޮވެމްބަރ 2022 - 17:14

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރި މަދަނީ ޖަމްޢިއްޔާތަކާ މިއަދު ވަނީ ބައްދަލުކޮށްފައެވެ.

advertisement

އޭސީސީ އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ވަނީ ގަވަރނަންސް އިންޑިކޭޓަރ ވޯކްޝޮޕެއް ބާއްވައިފި

އޭސީސީ އާއި ޔޫރަޕިއަން ޔޫނިއަންގެ މުވައްޒަފުންނާއި ޕާޓްނަރ އިންސްޓިޓިއުޓްތަކުގެ ބައިވެރިންނަށް ގަވަރނަންސް އިންޑިކޭޓަރ ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެމް.ޖޭ.އޭ އިން ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައިފި

މިއަދު ފާހަގަ ކުރާ ‘އިންޓަނޭޝަނަލް ޑޭ ޓު އެންޑް އިމްޕިޔުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖާނަލިސްޓްސް’ ދުވަހުގެ މުނާސަބަތުގައި އެމް.ޖޭ.އޭ އިން ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 6 ކަމެއް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައިފިއެވެ.

ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީ ކުރުމަށް ވިލާއަށް

ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އިބާމާ ފެސިލިޓޭޓަރސް ޓްރޭނިންގ އޮފް ޓްރޭނަރސް ފޯރ ސްޓޭކްހޯލްޑަރސް ނިންމާލައިފި

ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0