އެސްޓީއޯއިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި

ދިވެހި
November 3, 2022

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ދަގަނޑުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކަމުންދާ ދާ ދަގަނޑުގެ ބާވަތްތަކުގެ އަގު 14 ޕަސެންޓާ ހަމައަށް އަގުހެޔޮކޮށްފައިވާ ކަމަށެވެ.

advertisement

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަދިއުމުގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން ދަގަނޑުގެ އަގުތަކަށްވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ.

އެސްޓީއޯއިން ބުނީ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން މިހާރު އަރައިގަނެވެމުންދާ ކަމަށާއި އިމާރާތްކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0