އ.ދ. ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ޔޫ.އެން.ޑީ.ޕީން ބާއްވައިފި

5 ނޮވެމްބަރ 2022 - 10:24

77 ވަނަ އެކުވެރި ދައުލަތްތަކުގެ ދުވަސް (ޔޫ.އެން. ޑޭ) ފާހަގަކުރުމަށް އިއްޔަ ދަރުބާރުގޭގައި އިވެންޓެއް ބާއްވައިފިއެވެ.

އާންމުންނަށް ހާއްސަކޮށް ބޭއްވި މި އިވެންޓްގައި ޤައުމުތަކުގެ ޘަޤާފަތާއި ސިންދަފާތުކަން އަދި އ.ދ.ގެ މަސައްކަތްތައް ދައްކުވައިދޭ 16 ސްޓޯލެއް ހިމެނިފައި ވާއިރު، ކުޑަކުދިންނަށް މަޖާ ޙަރަކާތްތަކާއި މަޢުލޫމާތާއި ހަދިޔާ ދިނެވެ.

advertisement

މިއަހަރު، 77 ވަނަ އެކުވެރި ދައުލަތްތަކުގެ ދުވަސް (ޔޫ.އެން. ޑޭ) ފާހަގަކުރަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާން، ދިވެހިރާއްޖެ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ސްރީލަންކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީ/ ހައިކޮމިޝަންތައް އަދި ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އެޖެންސީތައް ކަމަށްވާ އެފް.އޭ.އޯ.، އައި.އޯ.އެމް.، އައިކާއޯ، ޔޫ.އެން.ޑީ.ޕީ.، ޔޫ.އެން.އެފް.ޕީ.އޭ.، ޔުނިސެފް، ޔޫ.އެން.އޯ.ޑީ.ސީ.، ޔޫ.އެން.އޯ.ޕީ.އެސް. އަދި ޑަބްލިއު.އެޗް.އޯ. ގުޅިގެންނެވެ.

އ.ދ. ދުވަސް، 24 އޮކްޓޫބަރު، ފާހަގަކުރަނީ 1945 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ ޗާޓަރަށް އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. 31 އޮކްޓޯބަރ 1947 ގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ޤަރާރު (168 ((II)) މެދުވެރިކޮށް ކަނޑައަޅާފައި ވަނީ، މިދުވަސް ޚާއްޞަކުރާނީ އެ ޖަމްޢިއްޔާގެ ލަނޑުދަނޑިތަކާއި ކާމިޔާބީތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެޖަމްޢިއްޔާގެ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމަށް ކަމަށެވެ.

އ.ދ.އިން އަމާޒުތައް ކަނޑައަޅާފައިވަނީ، ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމާއި، ކާރިސާތަކުގެ ސަބަބުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޤައުމީ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ނެތް ޙާލަތްތަކާއި ސަރަހައްދުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ދެމެހެއްޓުމާއި، ޤައުމީ އިންތަކުން ބޭރުގައި ހިމެނޭ (ޢާލަމީ) މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެންމެ އިސް ފޯރަމްގެ ގޮތުގައެވެ. މީގެ އިތުރުން، މި ދާއިރާތަކުން ބައިނަލްއަޤްވާމީ ހޭލުންތެރިކަން އިތުރުކޮށް ފިޔަވަޅުއެޅުމަށް ބާރުއެޅުމާއި، އަދި ތާރީޚީގޮތުން މުހިންމު ހާދިސާތަކުގެ މުނާސަބަތުތައްވެސް އ.ދ. އިން ފާހަގަކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0