ޒުވާނުން ކުރިއެރުވުމަށް އެޗްޑީސީއިން ޒުވާނުންގެ ދިސާ 2022 ފަށައިފި

6 ނޮވެމްބަރ 2022 - 14:39

އެޗްޑީސީ އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންގެ ދިސާގެ ނަމުގައި ހާއްސަ ކޭމްޕެއް ހުޅުމާލޭގައި ފަށައިފިއެވެ.  

ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދިސާ ހުޅުމާލެ ފަރުކޮޅުފުށި ކޮންފެރެންސް ހޯލުގައި މިއަދު ވަނީ ކުރިއަށް ގެންދެވިފައެވެ. މި ޕްރޮގްރާމް 6 ނޮވެމްބަރު އިން 8 ނޮވެމްބަރ 2022 އާއި ހަމައަށް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ބަރިވެރިންނަށް ފުރުސަރު ދެވިގެންދާއިރު ހާއްސަ ކުރެވިގެންވަނީ 16-20 އަހަރުގެ ޒުވާނުންނަށެވެ.

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާތުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0