މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

7 ނޮވެމްބަރ 2022 - 17:30

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ތަމްރީން ކުރިއަށް ގެންގޮސްފި

ދެމެހެއްޓެނިވި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވިލޮޕްމަންޓް ހިންގާ ޕްރޮގްރާމް ކ. ދިއްފުށީގެ އިތުރުން މާލޭގައި ތިންވަނަ ފަހަރަށް މިވަނީ ކުރިއަށް ގެންގޮސްފައެވެ.

advertisement

ކަލާފާނު ސްކޫލުގައި ޗައިލްޑް ރައިޓްސް ސެޝަން ބާއްވައިފި

ކަލާފާނު ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބުގެ ދަރިވަރުންނަށް ޗައިލްޑް ރައިޓްސް ސެޝަން ބާއްވައިފިއެވެ.

ފޮރިން މިނިސްޓަރު ސާބިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރު ޝާހިދު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ ވަޒީރު، ސާބިއާގެ ފުރަތަމަ ނައިބު ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިވިކާ ޑަޗިޗްގެ ދައުވަތަކަށެވެ.

ހުޅުމާލެ ހޮސްޕިޓަލާ އެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މަސައްކަތްކުރަނީ

ހުޅުމާލެ ހޮސްޕިޓަލުން ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑިވެލޮޕްމަންޓް ސެންޓަރާއި މެންޓަލް ހެލްތު ސެންޓަރު ގާއިމްކޮށްފި އެވެ.

ހައްޖު ދަތުރަށް 69 މިލިއަން ރުފިޔާ ހަރަދުކުރި

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާލުވީ ހައްޖު ކޯޕަރޭޝަނަށް 1443 ވަނަ އަހަރުގެ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0