މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 ނޮވެމްބަރ 2022 - 17:35

ނައިބު ރައީސް ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ކުރައްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެވަޑއިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ ޝަރްމުއްޝައިޚަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުއެވެ.

މާންދޫގައި މަސްވެރިންނަށް ފައިސާ ނުދީގެން އިހުތިޖާޖު ކުރަނީ

ތ. އަތޮލާއި ލ. އަތޮޅުގެ މަސްވެރިން މިއަދު ހެނދުނުން ފެށިގެން މަހުގެ ފައިސާ އަވަސްކުރުމަށް ގޮވާލައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފި

ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 2 ގައި ތަޢުލީމު ހާސިލުކުރަމުންދާ 35 ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، އެ ސްކޫލުގެ ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކްއިޕްމެންޓްތައް ވަނީ ދައްކާލާފައެވެ. މީގެއިތުރުން ކޯސްޓްގާޑު ޝިޕް ހުރަވީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

މިނިސްޓަރޝައުނާ ކޮޕް27ގެ މިނިސްޓަރު ޕެނަލެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ކޮޕް27ގެ ޕެނަލް އެއްގައި މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގަންނަވަނީއެވެ. މި ޕެނަލުގައި ވަނީ ނީޑްސް ބެސްޓް ކްލައިމެޓް ފައިނޭންސްއާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ‘ސްކޫލް ވެހި’ ޕްރޮގްރާމް މި އަހަރު 47 އައު ސްކޫލާއެކު ފަށައިފ

ސްކޫލުތައް ހިންގުމާއި ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީން  ކުރިއަށްގެންދާ ’ސްކޫލް ވެހި‘ ޕްރޮގްރާމް މި އަހަރު، 47 އައު ސްކޫލާއެކު ފަށައިފިއެވެ. އަދި ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގައި ބައިވެރިވި ސްކޫލްތަކުގެ ނަތީޖާއަށް ރަނގަޅު ކުރިއެރުމެއް އައިސްފައިވާ ކަން ވަނީ ފާހަގަކުރެވިފއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0