މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 ނޮވެމްބަރ 2022 - 16:18

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާއަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުމާއި ބޭނުންކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހއ.ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް ރައީސް އަދި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން ކުރިއަށްދިޔަ ’ޝެއަރިން ބެސްޓް ޕްރެކްޓިސެސް‘ ސެޝަން ބާއްވައިފި

ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން ކުރިއަށްދިޔަ ’ޝެއަރިން ބެސްޓް ޕްރެކްޓިސެސް‘ ސެޝަން. 67 ސްކޫލަކުން ބައިވެރިވި މި ސެޝަން ނަންގަވައިދެއްވީ  އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ. ޢަލީ މަމްދޫހްއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އިސްލާހު ތަސްދީގުކުރެއްވުމާ އެކު ކުރިން ހަ ޕަސަންޓުގައި ހުރި ޖީއެސްޓީ އަށް ޕަސަންޓަށް ބޮޑު ވާނެ އެވެ. އަދި 12 ޕަސަންޓުގައި ހުރި ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.

ހައިކޯޓުގައި 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދުވަނީ ޝަރީއަތެއް ހިންގާފައެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0