ބޯޅަ ފޯރި ބެލުމަށް މާލެ ސަރަހައްދުގައި ބެހެއްޓޭ އެއްމެ ބޮޑު ސްކްރީން ހުޅުމާލޭގައި

19 ނޮވެމްބަރ 2022 - 9:46

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން އެޗް.ޑީ.ސީއިން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ދަނީ ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން, ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި މި ކޯޕަރޭޝަނުން ބަހައްޓާ ސްކްރީން ވެގެންދާނީ މާލެ ސަރަހައްދުގައި ބެހެއްޓޭނެ އެއްމެ ސައިޒުން ބޮޑު ދެ ސްކްރީނަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރީގައި އެއްތަނަކުން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް މި ކޯޕަރޭޝަނުން ހަމަޖައްސައި ދެއްވުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވެއެވެ. އެގޮތުން ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދެއްވީ ސްޓެލްކޯގެ ފަރާތުންނެވެ. ޕްރިންޓިންގ ޕާޓްނާގެ ގޮތުގައި ތިންކް, ބެވެރެޖް ޕާޓްނާރގެ ގޮތުގައި ކޮކާކޯލާ އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ހިމެނޭ ވެލިގާއިންވަނީ ގިނަގުނަ އެހީތެރިކަމެއްވެދެވާފަކަމަށް އެޗްޑީސީއިން ފާހަގަކުރިއެވެ. މީގެ އިތުރުން ބޯޅަ ފޯރީގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫސްކަމުގައިވެސް އެ ކޯޕަރޭޝަންއިން ވަނީ ފާހަގަކޮށްފައެވެ.

advertisement

ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓް ބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް އެޗްޑީސީއިން ކުރަން ނިންމާފައިވަނީ ދިވެހިންނަށް ފޯރި ނަގަމުން މި މުބާރާތް ބަލާލެވި, އެކުވެރި މާހައުލެއްގައި ފުޓު ބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުންނެވެ.

ރިއެކްޝަންސް
2
0
0
0
0
0
0