ބިއުޓިފަލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން އާއި ގުޅިގެން އާކް އިން ހދ.އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިޔަށްގެންގޮސްފި

21 ނޮވެމްބަރ 2022 - 10:25

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ގުޅިގެން މި ނޮވެމްބަރު މަހުގެ 16-20 އަށް ހދ.އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިޔަށްގެންގޮސްފިއެވެ.

މިކޭމްޕްގައި ހދ ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 90އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގް ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދާދީފައިވެއެވެ.

advertisement

މީގެ އިތުރުން، ނޮޅިވަރަންފަރު ސްކޫލް، ނޮޅިވަރަމް ސްކޫލް، ހދ.އަތޮޅު ތަޢުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލްގައި މަސައްކަތްކުރާ 70އަށްވުރެ ގިނަ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް(ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް އަމާޒުކޮށް ނޮޅިވަރަންފަރު އަދި ކުޅުދުއްފުށި ސިޓީގައި ވަކިވަކިން 2 ދުވަހުގެ ވަރކްޝޮޕްއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ވަރކްޝޮޕްގައި ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދާދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޭމްޕް ކުރިއަށްގެންދިޔުމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ނޮޅިވަރަންފަރު ހެލްތް ސެންޓަރ، ނޮޅިވަރަމް ހެލްތް ސެންޓަރ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކޮށް އާކްއާއި ބިއުޓިފަލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންއުން ޝުކުރު އަދާކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0