އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ކޯހެއް މާލޭގައި ފަށަނީ

23 ނޮވެމްބަރ 2022 - 13:44

އެމެރިކަން ސެންޓަރ މާލެ އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ކޯޑުކުރަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް އިއުލާނުކޮށްފިއެވެ. “ޝީ ކޯޑްސް އެމްވީ”ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ މާލެ, ހުޅުމާލެ އަދި ވިލިމާލޭގެ ދިރިއުޅޭ އުމުރުން 16 އަހަރާއި 26 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާނެ ހުނަރު ފޯރިކޮށްދިނުމަށާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގިނަގުނަ ވަޒީފާގެ ފުރުސަތުތަށް ހޯދައިދިނުމަށާއި ގޭގައި ތިބެގެންވެސް އަންހެން ކުދިންނަށް މި ދާއިރާގައި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

“ޝީ ކޯޑްސް އެމްވީ” ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 ބައިވެރިން ހިމެނޭ ގޮތަށެވެ. ފުރަތަމަ ބެޗް 10 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބެޗް ފެށުމަށް ހަމަޖެހިފައިވަނީ 14 ޖެނުައަރީ 2023 ގައެވެ.   އަދި ކިލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ފިޒިކަލް އަދި އޮންލައިން ކިލާސްތަކެއްގެ ގޮތުގައެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ޕައިތަން ޕްރޮގްރާމިންގ ލެންގުއޭޖް ބޭނުންކޮށްގެން ވެބްސައިޓެއް ހަދާނެގޮތް ދަސްކޮށްދެވޭނެ އެވެ. މިއާއެކު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރުމާއި ދާއިރާގައި މަސައްތަތްކުރާ ފަރާތްތަކާއި ބައްދަލުކޮށް ދާއިރާގައި ކުރިޔަށް ދާނެ ގޮތާއި ކުރިޔަށް ދިޔުމުގައި ހުރި ފުރުސަތުތައް އެނގިގެންދާނެއެވެ.

advertisement

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަށް womenintechmv.org އަށް ވަޑައިގެން 26 ނޮވެމްބަރ 2022 ގެ ކުރިން ރެޖިސްޓަރ ކުރުމަށް ވަނީ މިހާރު ހުޅުވާލާފައެވެ. ރެޖިސްޓްރޭޝަން ލިންކް އެމެރިކަން ސެންޓަރ މާލެ އާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް ހިއްސާކޮށްފައިވާނެއެވެ.  އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ނުނަގާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0