މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

24 ނޮވެމްބަރ 2022 - 18:32

ޅ. އަތޮޅުގައި އާރް.ޓީ.އެލް ފެށުމަށް ތައްޔާރުވުމުގެ ކައުންސިލާ ބައްދަލުކުރައްވައިފި

ޅ. އަތޮޅުގައި އާރް.ޓީ.އެލް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓުރީ އޮފް ނެޝަނަލް ޕްލޭނިންގް އިން ކައުންސިލާ ބައްދަލުކޮށް އާރް.ޓީ.އެލްއާ ގުޅޭ މައުލޫމާތު ހިއްސާކޮށްފިއެވެ. އަހުލުވެރިކުރުމުގެ ދަތުރުތަކުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކައުންސިލް މެދުވެރިކޮށް މަޝްވަރާކޮށްފައިވެއެވެ.

advertisement

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤު ކުރައްވައިފި

ރައީސްޞާލިޙް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އެންވާރަމަންތް މިނިސްޓްރީގެ އިސްވެރިން މ. ދިއްގަރު ކައުންސިލާއި ބައްދަލުކުރައްވައިފި

މިނިސްޓްރީގެ އިސްވެރިން މ. ދިއްގަރު ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ރަށްގިރުމާއި ކުނީގެ މައްސަލަތަކުގެ ހާލަތު އޮޅުން ފިލުއްވައިފިއެވެ. އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

އެންވަޔަރަންމަންޓް މ. ކޮޅުފުށީގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރަނީ

މ. ކޮޅުފުށީގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަނީއެވެ. މިނިސްޓްރީއާއި ވިންލެންޑް ޕްރައިވެޓް ލިމިޓެޑާއި އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުވަދު އަތޮޅުގައި އެންޓަރޕްރެނަރޝިޕް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހުވަދު އަތޮޅުގައި ކުރިއަށްދާ އެންޓަރޕްރެނަރޝިޕް ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ގ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ގދ. ފިޔޮރީ، ހޯޑެއްދޫ އަދި ގއ. ކޮނޑޭގަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0