މެޑްޓެކުން ކްރިޓިކަލް ކެއަރގެ ހިދުމަތްތައް ހާއްސްކޮށްގެން މަހާސިންތާއެއް ބާއްވައިފި

27 ނޮވެމްބަރ 2022 - 10:23

މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރާއްޖޭގެ ހޮސްޕިޓަލް ތަކުގެ ކްރިޓިކަލް ކެއަރ ޙިދުމަތްތަކަށް އަމާޒުކޮށްގެން “ކްރިޓިކަލް ކެއަރ އެޑްވާންސް ވެންޓިލޭޝަން އެންޑް ޑިފިބްރިލިއޭޝަން” މަހާސިއްތާއެއް މީރުމާ އިވެންޓް ހޯލްގައި  މިމަހުގެ 22 އިން 24 އަށް ވަނީ ބޭއްވިފައެވެ.

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވި މިމަހާސިންތާ ޝަރަފުވެރިކޮށްދެއްވީ އައި.ޖީ.އެމް ހޮސްޕިޓަލްގެ ސީއީއޯ އަލްފާޞިލް އިބްރާހިމް ސަލީމް އެވެ.

advertisement

މެޑްޓެކުން ހާމަކުރާގޮތުގައި މިމަހާސިންތައިގެ މަޤްސަދަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާރ ޚިދުމަތްތަކުގައި ބޭނުންކުރާ “އިންޓެލިޖެންޓް ބްރީތިން އެސިސްޓް ޑިވައިސް”  އަދި “ޑިފިބްރިލިއޭޓަރ” ފަދަ އިކުއިޕްމަންޓްތަކުގައި އެކުލެވިގެންވާ އެޑްވާންސް އޮޕްޝަންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމާ، އެކަންކަމަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމެވެ.

އައިޖީއެމްއެޗް، ޓްރީޓޮޕް، ސެނަހިޔަ، ހުޅުމާލޭ ހޮސްޕިޓަލް އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ 100 ވަރަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވި މިމަހާސިންތާގައި ތަމްރީނު ދެއްވީ ސްވިޒަލޭންޑްގެ ހެމިލްޓަން މެޑިކަލް އަދި އެމެރިކާގެ ޒޯލް މެޑިކަލް ގެ ތަޖުރިބާކާރު ސައިންޓިފިކް ޓްރެއިނަރުންނެވެ.

މެޑްޓެކްގެ ފަރާތުން ވިދާޅުވަނީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މިހާރުވެސް ބޭނުންކުރާ މިފަދަ ޑިވައިސްތަކަކީ، އެންމެ ޒަމާނީ ފެންވަރުގެ އާލާތްތައްކަމުގައެވެ. 

ނަމަވެސް، ރާއްޖޭގެ ސިއްޙީ ދާއިރާގެ މުހިއްމު ބައިވެރިއެއްގެ ހައިސިއްޔަތުން އެކުންފުނިން އިސްނަގައިގެން މި މަހާސިންތާ ބޭއްވުމުގެ މަޤްސަދަކީ، އެފަދަ އާލާތްތައް ބޭނުންކުރުމުގައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިންސާނީ ތަރައްޤީ  ފޯރުކޮށްދިނުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް މިރޮނގުން އެހީތެރިވެދިނުމެވެ.

ރިއެކްޝަންސް
0
1
0
0
0
0
0