މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 ނޮވެމްބަރ 2022 - 18:30

އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މިއަދު އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ޚާއްސް އެސެމްބްލީ އެއް ބާއްވައިފިއެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ އެވެ.

advertisement

މިނިސްޓަރ ޝައުނާ ޔޫއެސްއެއިޑުގެ މެމްބަރަކާ ބައްދަލުކޮށްފި

މިނިސްޓަރު އާމިނަތު ޝައުނާ ޔޫއެސްއެއިޑިގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އޭޝިއާ އަންޖަލީ ކައޫރާއި ޔޫއެސްއެއިޑްގެ ވަފުދާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ތިމާވެށީގެ އެޑެޕްޓޭޝަން އަދި ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ.

ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ ދެނީ

އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައިވަނީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމުގެ ދަށުންނެވެ. މި އެހީ ދިނުމަށް ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓަށް ގެނައި 9ވަނަ އިސްލާޙުގެ ތެރެއިންނެވެ.

ހދ. ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެވޯޑުކޮށްފި

ހދ. ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރީ 47,268,512,87 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޝަރުތުކޮށްފައެވެ.

 ދިވެހިރާއްޖޭއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ މަންދޫބައި އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޕައުލޯ ސަސަރައޯ އާ ބައްދަލުކޮށް މިނިސްޓަރ ވަނީ އަޕްޝިފްޓް ތަންފީޒުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި މީގެ އިތުރުން ޔުނިސެފްގެ ގްލޯބަލް އިނިޝިއޭޓިވް ތަންފީޒުކުރުމަށް ޒުވާނުންނާ ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0