މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

29 ނޮވެމްބަރ 2022 - 15:15

ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ.

މާފަރު އެއަރޕޯޓުގެ ފިއުލް ފާމުން ޖެނުއަރީމަހު ޚިދުމަތްދޭން ފާށާނެ

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ވަގުތީ ފިއުލް ފާމުން ޖެނުއަރީމަހުގެތެރޭ ޚިދުމަތްދޭން ފެށޭނެއެވެ. އައިލެންޑެ އޭވިއޭޝަން އިން ބުނެފައިވާ ގޮތުން އެ އައަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

advertisement

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް 8 ބުރިއަށް ނެގޭ ގޮތައް ހަމަޖައްސައިފި

މި ސަރަހައްދުގައި އިމާރާތް ކުރެވެނީ 6 ބުރިއަށް ނަމަވެސް މިހާރު އާ ގަވާއިދާއި އެކު 8 ބުރިއަށް އިމާރާތް ކުރެވޭނެއެވެ. މި ބަދަލު ގެނައުމެގެ އެންމެ ބޮޑު ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމާއި މިހާރު އެ ސަރަހައްދުގައި ކުރަމުން އަންނަ ވިޔަފާރި މަސައްކަތްތައް ފުޅާ ކުރުމަށް ފުރުޞަތު ފަހި ކުރުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ މަޖިލީސް މެމްބަރުންނާއި ބައްދަލުކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައްދަލުކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު ޢަބަދުލް ލަޠީފާއި ކުޅުދުއްފުށީ ދެކުނު މެމްބަރު ޖަމްޝީދު މުޙައްމަދާ އެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ސްކޫލުތަކާ ގުޅޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ.

ނ. ލަންދޫ ތަރައްގީކުރާ ހެރިޓޭޖް ސައިޓް ބަޔަކާ ހަވާލުކޮށްފި

ނ.ލަންދޫ މާބަދިގެ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އިންޑިޔާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0