ޖޫރިމަނާ ފައިސާ ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅަނީ

3 ޑިސެމްބަރ 2022 - 15:21

ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހެޅުގެ މަސައްކަތް ފަށައިފިއެވެ.

ފީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރެވޭނެ ގޮތުގެ އުސޫލުގައި، ހުކުމުގައި ކަނަޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން ކޯޓަށް އަންގާނެ އެވެ.

advertisement

އަދި ޖޫރިމަނާގެ އަދަބު ކަނޑައެޅާފައިވާ މީހުންގެ މަޢުލޫމާތު މީރާ މެދުވެރިކޮށް ހޯދައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅާފައިވާ ޖޫރިމަނާ ފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހުން ގިނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

ޖޫރިމަނާ ފައިސާ ނުދައްކާ މީހުން އެފައިސާ ދައުލަތަށް ނުދައްކާ ނަމަ ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަށް ވުރެ ބުރަ އަދަބެއް ފަނޑިޔާރުންނަށް ކަނޑައަޅެމުގެ އިހްތިޔާރު އޮންނާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0