މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

4 ޑިސެމްބަރ 2022 - 17:06

ރެޑް ކްރެސެންޓް އިން ފުވައްމުލަކުގައި ބޭއްވި ފަސްޓް އެއިޑް ތަމްރީން ނިމިއްޖެ 

ފުވައްމުލަކުގެ އަންހެނުންގެ ކޮމެޓީ އާއި ގުޅިގެން އެރަށުގެ ޒުވާނުންނާއި އެކި ހިދުމަތްތައް ފޯރުކޮށްދޭ މީހުންނަށް ހާއްސަކޮށްގެން ހިންގި ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިމިއްޖެއެވެ. ރެޑްކްރެސެންޓުން މި ޕްރޮގްރާމް ހިންގަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި ޔޫއެސްއެއިޑް އާއި ގުޅިގެންނެވެ. 

advertisement

ކުޑަހުވަދޫ އަދި ފުނަދޫ ކޯޓުގެ އާ ގާޒީން ހުވާކޮށްފި 

މި ދެ ކޯޓަށް އަލަށް އައްޔަންކުރި ގާޒީން ހުވާ ކުރުން އޮތީ މިއަދު ޖޭއެސްސީގައެވެ. މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންނެވެ.

ކުރިއަށް އޮތް 10 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ: މެޓް

މިއީ ހުނޅަގު މޫސުން ނިމި, އިރުވައި މޫސުމަށް އަޅައި, ދެ މޫސުން ބެދޭ ދުވަސް ވަރުއެވެ.  ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިއްސާރަ ކުރަމުންދާނެ އެވެ.

އެފްއޭ އޯގެ ޓެކްނިކަލް އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީ އިން ތަމްރީން ޕްރޮގްރާމެއް ބާއްވައިފި 

މި ތަމްރީނަކީ ގަސްގަހާއި ޖަނަވާރު ކަރަންޓީނު ކުރުމާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭ ޕްރޮގްރާމެކެވެ. ކަމާއި ގުޅޭ 6 ފަރާތަކުން މި ޕްރޮގްރާމުގައި ބައިވެރިއެވެ

މަދަނީ އިޖުރާއަތު ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު ބާއްވައިފި 

ރ. އުނގޫފާރުގައި ކުރިއަށްގެންދާ، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. މިއަދުގެ ސެޝަންތަކުގައި ކުރިއަށްގެންދިޔައީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޚުލާސާއާއި މިޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކަށް ހާއްސަކޮށްގެންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0