އެމެއެންޑީއެފުން އަތުލައިގަތް ބޯޓުގައި މިޔަރުވެސް ހުރި

5 ޑިސެމްބަރ 2022 - 11:07

ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓް، މާލެ ގެނަައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ.

advertisement

މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ “ބަނޫޒަން” ނަމަކަށް ކިޔާ ބޯޓަކާއި “ރަތު 01” ނަމަކަށް ކިޔާ ބޯޓެކެވެ.

މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ “ލަކްޕްވިޔާ ދެނެތު” ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ.ފ

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުއްޓެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ ދަންވަރު 1 ޖަހާކަންހާއިރުއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0