މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެގިނަ ފައިސާ ހުރީ ދައުލަތުން: އަލީ ހުސައިން

5 ޑިސެމްބަރ 2022 - 15:12

ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ފެށުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ މެމްބަރު އަލީ ހުސައިން ވަނީ އެކަމަށް ފާޑު ވިދާޅުވެ ޓުވީޓެއް ކޮށްފައެވެ.

ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފަ ނޫނީ މުދާ ގަނެފައި ދައްކަންޖެހޭ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމާ އަދަބު ކަނޑައަޅައި ޖަލައްލާނީ ކާކުތޯ މި ޓުވީޓުގައި އޭނާ ސުވާލުކޮށްފައިވެއެވެ.

advertisement

ދައުލަތުގެ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތަކުން އެތަކެއް ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދީ އަހަރު ދުވަސް ހޭދަވެފައި އެބަހުރި ކަމަށް މި ކުންފުނިތަކަށް މަސައްކަތް ކޮށްދޭ ކޮންޓްރެކްޓަރުން މައުލޫމާތު ދެއެވެ. އިންޖީނުގެ ހެދުމާއި ގުޅުން ހުރި އެކި މަސައްކަތްތައް ކުރުވައިގެން އަދި ބޭރުން ގެންނަން ޖެހޭ ތަކެތި ގަނުވައިގެން ފެނަކައިން ފައިސާ ނުދީ 80 އަށް ވުރެ ގިނަ ކުންފުނި އެބަހުރި ކަމަށް މިނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެތަކެއް މަސްތަކެއް ފަހުން ފައިސާ ދޫކުރާ އިރު ހޭދަވެގެން ދިޔަ ދުވަސްތަކަށް ޖުރުމަނާ ފައިސާއެއް ދައުލަތުން ނުދެއެވެ. ނަމަވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއް ކުދި ވިޔަފާރިވެރިން ނުވަތަ އާއްމުން ނުދައްކައި ހޭދަވާ ކޮންމެ ދުވަހަކަށް މީރާ އިން ޖުރިމަނާ ނަގައެވެ. ސަރުކާރުން މިފަދަ ބޭއިންސާފު އުސޫލުތައް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރި މާކެޓުގައި އޮންނަން ޖެހޭ ފައިނޭންޝިއަލް ޑިސިޕްލިން މިހާރުވަނީ ގެއްލިފައެވެ.

ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދައުލަތުން ލަސް ކުރުމުގެ ސަބަބުން އެ ކުންފުނިތަކުން އެހެން މީހުންނަށާއި މަސައްކަތްތެރިންނަށް ފައިސާ ދިނުމުގައި ގިނަ ބުރޫތަކެއް އަރައެވެ. ކުދި ވިޔަފާރި ކުންފުނިތައް އިނދަޖެހި ގެއްލުމާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް އެކަމަށް ކުރެވޭނެ ކަމެއް ނެތެވެ. ޖުރިމަނާ ފައިސާގެ ގޮތުގައި ބަދަލެއް ނުލިބެއެވެ. ޕްރައިވެޓް ސެކްޓާ ދެމެހެއްޓުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ކަން މިހެން އޮއްވައި ޕީޖީ އޮފީހުން ނިންމާފައިވަނީ ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހަޅައިގެން އެފައިސާ ހޯދުމަށެވެ. އަދިވެސް ދައުލަތުން ދޭން ޖެހޭ ފައިސާ ޑިލޭ ކުރުމުން ކަންކުރާނެ އުސޫލެއް ނެތެވެ.

ބާރުގަދަ ފަރާތަކީ ސަރުކާރުކަމަށް ދެކި ބާރުގެ ބޭނުން ކުރަނީއެވެ. މިބާރު ހިންގަނީ ހަމަ އެކަނި ކުދި ވިޔަފާރިވެރިންނާއި އާއްމުންގެ މައްޗަށެވެ. ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް އެތަކެއް މިލިޔަން ޑޮލަރުން ފައިސާ ދޭން ޖެހި، ނަމަވެސް ނުދައްކައި ވިޔަފާރީގައި ކުރިއަށް ދަނީއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0