މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

6 ޑިސެމްބަރ 2022 - 19:52

ވާރލްޑް ބޭންކުގެ ފަރާތުން މިނިސްޓަރ ޝައުނާއާ ބައްދަލު ކުރައްވައިފި

ވޯލްޑް ބޭންކުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް މެނޭޖަރ ވިޖަޔަންތީ ދެސާއި މިނިސްޓަރ ޝައުނާއާއި ބައްދަލު ކޮށްފިއެވެ. މިހާރު ހިނގަމުންދާ ޑިޖިޓަލް ޑިވެލޮޕްމަންޓް މަސައްކަތްތައް ހުރި ހިސާބާއި ބެހޭގޮތުން އެބޭފުޅުން މަޝްވަރާކުރި އެވެ.

advertisement

ތައި ސިލްކް ފެޝަން ވީކްގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންފި

ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ އުފަންދުވަހު ބޭއްވި 3 ވަނަ ތައި ސިލްކް ފެޝަން ވީކްގެ ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު، ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ މިނިސްޓީރިއަލް ބައްދަލުވުމުގައި އެމްބެސެޑަރ ސަލީމް ބައިވެރިވެއްޖެ

ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުން އަންނަ ސަލާމަތާއި ދެމެހެއްޓެނިވި ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް ރާއްޖެއަށް ވެސް ކުރިމަތިވާ ކަން ފާހަނގަކުރެއްވި އެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ބައިވެރިންނަށް އެމަނިކުފާނު އެރުވި އެވެ.

ވިޔަފާރިތަކަށް ދޫކުރި ޕާކިން ސްލޮޓްތަކުގެ ފީ ބޮޑުކުރަނީ

ކުންފުނިތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ. މާލޭ ސިޓީ ގެ ކުނި ނެގުން ވެމްކޯގެ ބަދަލުގައި ސީދާ ސިޓީ ކައުންސިލުން ކުރުމާއި ގުޅޭ ގޮތުން ވެސް ކައުންސިލުން ވަނީ އުސޫލެއް ފާސްކޮށްފި އެވެ.

މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަން ހާއްސަ ވިޔަފާރި އެޕްލިކޭޝަނެއް

މިއީ އަންހެނުން އުފައްދާ މަހުގެ ބާވަތްތައް ފަސޭހައިން ވިއްކުމަށް އެހީވުމަށް ހަދާފައިވާ އެޕެ ކެވެ. ދުމަށި ޕްރޮގްރާމްގެ މި ޕްލެޓްފޯމް އިން އޮންލައިންކޮށް މަހުގެ އުފެއްދުންތައް ގަނެ ވިއްކޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0