މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

8 ޑިސެމްބަރ 2022 - 19:33

ތޫފާން “މަންދޫސް”ގެ އަސަރު ރާއްޖެއަށް، މޫސުން ގޯސްވާނެ!

މިއީ މިއަހަރު އަރާނެ ފަހު ތޫފާން ކަމަށް ބެލެވޭއެވެ. މި ތޫފާން އަރާނީ މިމަހު 10 ވަނަ ދުވަހު އިންޑިއާއަށެވެ. ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެއެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުން ހެރިޓޭޖް މިނިސްޓްރީ އަށް ޒިޔާރަތްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިރިޔާ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި މިނިސްޓަރ ޔުމްނާ ވަނީ އެކުދިންނާއި ބައްދަލުކޮށް އަދި ގައުމީ ދާރުލް އާސާރާއި ކަޅުވަކަރު މިސްކިތް އެކުދިންނަށް ދެއްކުން އޮތެވެ.

ހ. ހިރިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާ

އެގޭގައި އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން  އެތަނުގައި ދިރިއުޅުނު ފަރާތްތަކަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.  އަދި އެފަރާތްތަކަށް ކެއުންބުއިމުގެ އެހީތެރިކަން ވެސް ޑިޒާސްޓާ އޮތޯރިޓީ އިން މިހާރުވަނީ ހަމަޖައްސާފައެވެ.

ނަރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅޭ;

މި ހާދިސާގައި ގެއްލުންވި 23 މީހަކަށް  މިޝަން ފޯ މައިގްރަންޓް ވޯކާސް އިން އެހީގެ ފައިސާ ހަވާލުކޮށްފައެވެ. މިޝަން ފޯ މައިގްރަންޓް ވޯކާސް އިން މިހާރު މަސައްކަތް ކުރަނީ އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާ އަށް ބޭންކު މެދުވެރިކޮށް ފައިސާ ފޮނުވުމަށެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމާއި ގުޅޭ;

ޕްލޭނިން މިނިސްޓްރީ އާއި އަންގިރި ރިސޯޓް މެނޭޖްމަންޓް އިން ވަނީ މިއަދު މިކަމާއި ގުޅޭ އެގްރީމެންޓް ގައި ސޮއި ކޮށްފައެވެ. މި މަސައްކަތަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުމާއި ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0