މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 ޑިސެމްބަރ 2022 - 19:34

ޔޫތް މިނިސްޓަރ އޭޝިއާ ފައުންޑޭޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

މިއަދު ހެނދުނު އޮތް މި ބައްދަލުވުމުގައި މިނިސްޓަރ ބައްދަލުކޮށްފައި ވަނީ އެ ފައުންޑޭޝަންގެ ސީނިއާ މަންދޫބުންނާއެވެ. އެ ފައުންޑޭޝަންއާއި އެކީ 2023ގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

advertisement

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމާއި ގުޅޭ ސެމިނާއެއް ފަށައިފި

ކޮވިޑުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިމަތިވި ދަތިތަކާއި އެކުދިންގެ ތައުލީމު ޓްރާންސްފޯމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައިވެރިވިއެވެ.

އިސްލާމިކް މިނިސްޓަރ ހިރިމަރަދޫ އަށް ވަޑައިގެންފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަހްމަދު ޒާހިރު އަލީ ހދ. ހިރިމަރަދޫއަށް ވަޑައިގެންފިއެވެ. މިނިސްޓަރގެ މި ދަތުރުފުޅަކީ އެރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނުރައްކާވާ މިންވަރަށް ކުޅުދުއްފުށީގެ ވައި ނުސާފުވެއްޖެ

“ހޭޒް”ގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޖައްވު އަންނަނީ ނުސާފުވަމުނެވެ. ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނިކުންނަ އިރު މާސްކު އެޅުން މުހިންމު އަދި ބޭރުގައި ގިނަވަގުތު ނޫޅުމަށް ޑޮކްޓަރުން ލަފާދެއެވެ.

މިނިސްޓަރ ޝައުނާ އިސްލާމިކް ބޭންކުގެ ސީއީއޯއާއި ބައްދަލުކޮށްފި

ގްރީން ފައިނޭންސިން އާއި ކުނި މެނޭޖްކުރުމާއި ސޯލާ ހަކަތަ އާއި ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ. އަދި ކުރިއަށް އޮންނަތަނުގައި ދެ ފަރާތް ގުޅިގެން ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0