މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

13 ޑިސެމްބަރ 2022 - 17:09

“16 ޑޭސް އޮފް އެކްޓިވިޒަމް” އާއި ގުޅޭ ހަރަކާތްތަކެއްގައި ޖެންޑާ މިނިސްޓްރީ އިން ބައިވެރިވެއްޖެ

މިއީ ވަކިޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ދެކޮޅަށް ހިންގޭ “16 ޑޭސް އޮފް އެކްޓިވިޒަމް”އާ ގުޅިގެން ފ. އެފް.ސީ.އެސް.ސީ އާއި ފ.ނިލަންދޫ އ.ތ.މ ކޮމެޓީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މިހަރަކާތް ބާއްވާފައިވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެންނެވެ.

advertisement

ސައިބަރ ކުށްތައް ހުއްޓުވަން ޚާއްޞަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުމުން ސައިބަރ ސްޕޭސް މެދިވެރިކޮށް އަންނަ ނުރައްކާތައް ދުރާލާ ދެނެގަނެ، ހުއްޓުވުމަށް ފަސޭހަވާނެ އެވެ. މި ސެންޓަރު ގާއިމުކުރާނީ އެކުލަވާލާ ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ.

ޓާޝަރީ ހޮސްޕިޓަލްތައް އަންނަ އަހަރު ނިމޭނެ: މިނިސްޓަރު

ހެލްތް މިނިސްޓަރ ވިދާޅުވެފައިވަނީ ސަރުކާރުން މިހާރު ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލްތައް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ޓާޝަރީ ހޮސްޕިޓަލްތަކަށް ބޭނުންވާ ގިނަ ޑޮކްޓަރުންނާއި ނަރުހުން ގެނައުމަށް ހަމަޖެހިފައިވަނީ ބޭރުގެ ގައުމުތަކުންނެވެ.

ފަޔަރ ސޭފްޓީ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެރަށުގެ އުރީދޫގެ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި އުރީދޫ މޯލްޑިވްސްގެ 22 މުވައްޒަފުން ބައިވެރިވިއެވެ.

ބ. މާޅޮހު ސްކޫލަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ބ. މާޅޮހު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ  ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ދަރިވަރުންގެ އަމިއްލަ ސަލާމަތާއި އަދި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ސަމާލުކަންދޭންވީ ކަންތައްތަކަށް އަލިއަޅުވާފައިވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0