ވިލާ ކޮލެޖު ގައި އަންނަ މަހު ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް “އޯޕަން ޑޭ” ބާއްވަނީ

14 ޑިސެމްބަރ 2022 - 15:06

ވިލާ ކޮލެޖު ގައި އަންނަ މަހު ފަށާ ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް “އޯޕަން ޑޭ” އެއް އަންނަ ހުކުރު ދުވަހު، 16 ޑިސެމްބަރ 2022 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޮލެޖުގެ ގޯތި ތެރޭގައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ކޯސް ތަކުގެ މަޢުލޫމާތު ދިނުމާއި ކިޔަވައިދެއްވާ ލެކްޗަރާއިންނާ ބައްދަލު ކުރެވޭނެ އިންތިޒާމާއި ކުރީގެ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލުވެ އެކުދީންގެ ތަޖުރިބާ ހިއްސާކޮށްލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެބެ.

އަދި ހަމަ އެއާއި އެކު ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމާއި، ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން އަދި ކޯހަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

މި  “އޯޕަން ޑޭ” ގެ ތެރެއިން ތަފާތު ކުޅިވަރު ހަރަކާތްތަކާއި ، ލައިވް މިއިޒިކް އަދި ފުޑް ސްޓޯލްތައް ވެސް  ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަދި އޯޕަންޑޭއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ނަސީބު ވެރި ފަރާތަކަށް ޚާއްސަ އިނާމެއް ލިބިގެންދާނެއެވެ.

މި އޯޕަންޑޭގައި ވިލާ ކޮލެޖުން ހިންގާ ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ހިލޭ ބައިވެރިވެވޭ “ޑެމޯ ކްލާސް” ތަކާއި ވިލާ ކޮލެޖުގެ ދަރިވަރުންނަށް ހުރި ވަސީލަތްތައް ބާއްލަވާލެއްވުމުގެ ފުރުސަތުވެސް އޯޕަންޑޭއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބައްލަވާލެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިރުން ވިލާ ކޮލެޖުގައި ހުރި ވަޒީފާގެ ފުރުސަތު، އަދި މި އޯޕަންޑޭގެ ބައިވެރިން ކަމުގައިވާ “ކްރޯ މޯލްޑިވްސް ،ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ، ޔުނިވަރސަލް ރިސޯޓްސް، އަމާނާތަކަފުލް، މޯލްޑިވިއަން، އޭޑީކޭ ހޮސްޕިޓަލް، އީވައި، އަދި އެސް.ޓީ.އޯ ގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0