މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 ޑިސެމްބަރ 2022 - 18:00

ޔޫއެންޑީސީ އާއި މިނިސްޓަރ ނަސީމް  ބައްދަލުކުރައްވައިފި

އެންރީކޯ ބޮނިންސެގްނާ, ޔޫއެންޑީސީގެ ހެޑް އޮފީހުގެ ފަރާތުން ހެލުތު މިނިސްޓަރާއި ބައްދަލުކުރައްވައިފިއެވެ. ރާއްޖޭގައި ރާއްޖޭގެ ޑްރަގްސް މައްސަލަ ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.  

advertisement

ކުޅުދުއްފުށީގެ ވައި ސާފުވެއްޖެ

ވައިޖެހޭ މިސްރާބު ހުޅަނގު ބިތަށް ބަދަލުވުމުން ކުޅުދުއްފުށީ ސިޓީގެ ވައި ސާފުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީގެ ވައި ވަނީ ނުރައްކާވާ މިންވަރަށް ނުސާފުވެފައެވެ.

އެމްއެމްއާރްއައި އިން ރަސްދޫ އަޓޯލްގައި އެކްސްޕެޑިޝަން އެއް ބާއްވައިފި

ރަސްދު އަތޮޅުގެ މެސޮޕޮޓިކް ރީފްގައި ޑައިވް އަދި އެކްސްޕްލޯރިންގް ހަފްތާއެއް ބާއްވައިފިއެވެ. އެ އެކްސްޕެޑިޝަންގައި އާވައްތަރެއްގެ 3 މަސް ޅަވިޔަނި އަތޮޅަށް ބަދަލުކޮށްފައެވެ.

ލ. ގަމުގައި މިސްކިތެއް ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27 ޚަރަދުވާނެއެވެ.

ބަޔޯޑައިވަރސިޓީ ފްރޭމްވޯކްއިން ހާޞިލްވާން އެދޭ އުއްމީދުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާޤައުމުތަކުގެ ޙާލަތަށް ފެތެންޖެހޭ: ނައިބު ރައީސް

ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްއިން ހާޞިލްވާން އެދޭ އުއްމީދުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާޤައުމުތަކުގެ ޙާލަތަށް ފެތެންޖެހޭކަމުގައި ނައިބު ރައީސް ފައިޞަލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ “ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ” ގެ ފައުންޑިން މެމްބަރެއް ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0