އެސްޓީއޯގެ 58ވަނަ އަހަރީދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް

20 ޑިސެމްބަރ 2022 - 14:11

އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅިގެން އެއްދުވަހުގެ ސޭލްއެއް 20 ޑިސެމްބަރ ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސޭލް ކުރިއަށްގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައެވެ. އެއްދުވަހުގެ ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދެވޭނެއެވެ. އަދި ގުރުއަތުން ހޮވޭ 58 ބޭފުޅަކަށް ގިފްޓް ހެމްޕަރއެއް ލިބޭނެއެވެ.

‘އެސްޓީއޯ އަޅުވަންނަ’ އަކީ އެސްޓީއޯގެ 58 ބަނަ އަހަރީ ދުވަހާއި ގުޅިގެން ހިންގޭ ހާއްސް ސޯޝަލް މީޑިއާ ކެމްޕެއިންއެކެވެ. މި ކެމްޕެއިން ކުރިއަށްދާނީ 20 ޑިސެމްބަރުވާ އަންގާރަ ދުވަހުން ފެށިގެން އިންސްޓަގްރާމް މެދުވެރިކޮށް 5 ދުވަހުގެ މުއްދަތަށްއެވެ. މި ކެމްޕެއިން ކުރިއަށް ގެންދާނީ އެސްޓީއޯއާއި ‘ސޯސަލް’ އާއި ގުޅިގެންނެވެ. މި ކެމްޕެރިންގައި އެސްޓީއޯއާއި ބެހޭގޮތުން ޖުމްލަ 5 ސުވާލެއް އެހިގެންދާނެއެވެ. ކޮންމެ ދުވަހަކު 1 ސުވާލެވެ. އަދި މި 5 ސުވާލަށް ރަނގަލު ޖަވާބުދޭ 58 ފަރާތަކަށް އެސްޓީއޯގެ ފަރާތުން ގިފްޓު ހެމްޕާއެއް ލިބޭނެއެވެ. މި ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަރގްރާމް އެކައުންޓް ފޮލޯ ކޮށްގެން ކޮންމެ ދުވަހަކު ކުރެވޭ ސުވާލަށް ޖަވާބުދީ، ޕޯސްޓަށް ކޮމެންޓް ކުރަންޖެހޭނެއެވެ. 5 ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތުގެ ތެރެއިން 58 ލަކީ ވިނާސް ހޮވިގެންދާނެއެވެ.

advertisement
ރިއެކްޝަންސް
0
1
0
0
0
0
0