މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 ޑިސެމްބަރ 2022 - 16:43

ޕާކިސްތާނުގެ ހައިކޮމިޝަނާ މިނިސްޓަރ ނަސީމާއި ބައްދަލުކުރައްވައިފި

ޕީކިސްތާނުގެ ހައިކޮމިޝަނާ ހެލުތު މިނިސްޓަރ ނަސީމާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ޕާކިސްތާނަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާ އާއި ބެހޭ ގޮތުންނާއި، ދެގައުމު ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވޭއެވެ.  

advertisement

ފ. މަގޫދޫ ޞިއްޙީ މަރުކަޒަށް އާ އިމާރާތެއް އިތުރު ކުރަނީ

ފ. މަގޫދޫ ޞިއްޙީ މަރުކަޒާއި ގުޅުވައިގެން އާ ޢިމާރާތެއް އެޅުމުގެ މަސައްކަތް ފަށަން ނިންމައިފިއެވެ. އެ މަސައްކަތް ކުރުމަށް އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސް އާއި އެކު ސަރުކާރުން ވަނީ އެއްބަސްވުމެއް ވެފައެވެ. 

ތިލަދުންމަތީ ދެކުނުބުރީ ގެ 6 ރަށަކަށް ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފަށައިފި

ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ގެ 6 ރަށަށް ގަސް ހަދިޔާކުރުމުގެ ޕްރޮޤްރާމް ކުރިއަށް އެބަދެއެވެ. މިޕްރޮޤްރާމްގެ ދަށުން ޖަބުރޯލު ، ފަތްކެޔޮ ، ބަބުކެޔޮ، އަލަ، އަދި މުރަނގައިގެ މުޑުވަތް އެކުލެވޭހެން ޖުމްލަ 2525 މުޑުވައް ދޭނެއެވެ.

އިންޑިޔާގެ ހައި ކޮމިޝަނާ މިނިސްޓަރ ޝައުނާއާއި ބައްދަލުކުރައްވައިފި 

އިންޑިޔާގެ ހައިކޮމިޝަނާ ޝްރީ މުނު މަހާވަރް އެންވާރަމަންޓް މިނިސްޓަރ އައިޝަތު ޝައުނާ އާއި ބައްދަލުކޮށްފިއެވެ. ދެފަރާތް ގުޅިގެން ރާއްޖޭގެ ތިމާވެށީގެ ކަންކަމުގައި އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާތައް ކޮށްފައިވެއެވެ. 

ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަޝްރޫޢު ނިމިއްޖެ

ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރުމަށް، އެރަށުގެ އެކްސަސް ނެރު ފުންކޮށްފިއެވެ. އަދި އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތާއި، ޑީޕް ސްޓްރިޕް ފައުންޑޭޝަން މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ވެއެވެ. .

ރިއެކްޝަންސް
0
0
0
0
0
0
0