މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

31 ޑިސެމްބަރ 2022 - 16:35

ނައިބު ރައީސް ޤުރުއާން ކިޔެވުން އޮބްޒާވް ކުރައްވައިފަ

ނައިބު ރައީސް ފައިސަލް 35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެންމެ ފަހު ކެޓަގަރީގެ ބައިވެރިންގެ ޤުރުއާން ކިޔެވުން ބައްލަވާލައްވައިފިއެވެ. ކިންގް ސަލްމާން މިސްކިތުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 1023 ޤާރީން ބައިވެރިވެފައިވެއެވެ.

މަގުތަކުގައި ހުރި ކުނި ސިޓީ ކައުންސިލުން ސަފުކުރަނީ

މާލޭގެ އެކި ތަންތަނުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން ސާފުކުރަން ނިންމައިފިއެވެ. އެ މަގު ތަކުގެ ތެރޭގައި ރައިވެރި ހިނގުން, ބުރުޒު މަގު, ހަނދުވަރީ ހިނގުން އަދި އޭއެމްޑީސީ ހިމެނޭ ސަރަހައްދު ވަނީ ސާފުކޮށްފައި ވެއެވެ. 

ހދ.ފިނޭ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ކުރުން

ހދ.ފިނޭ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 12,567,225.89ރ އަށް، ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް ފުވައްމުލަކުގެ ދަނޑުވެރިންނާއި ބައްދަލުކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ފުވައްމުލަކުގެ އަލަ އޮޅުތައް ބައްލަވާލައްވައިފިއެވެ. މިނިސްޓަރ ވަނީ ދަނޑުވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކައި މަސައްކަތާއި މެދު ހިޔާލުވެސް ހޯދާފައެވެ. 

ހުޅުދޫގައި ތާރު ކޮންޓެއިނަރުތައް ހުރި ސަރަޙައްދުގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ހުޅުދޫ ބަނދަރުގައި ހުރި ތާރު ކޮންޓެއިނަރުތައް ރޯވުމުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މިއީ ގަސްތުގައި ބަޔަކު ރޯ ކުރި އަލިފާންގަނޑެއް ކަމަށެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0