މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 ޖެނުއަރީ 2023 - 19:13

ޕާކިސްތާނުގެ ހައި ކޮމިޝަނާ މިނިސްޓަރ ޝައުނާއާއި ބައްދަލުކޮށްފި

ޕާކިސްތާނުގެ އައު ހައި ކޮމިޝަނާ މުހައްމަދު ފައްޔާޒް ގިލާނީ އެންވަޔަރަމަންޓް މިނިސްޓަރާއި ބައްދަލުކޮށްފި އެވެ. ދެފަރާތުގެ ކުރިއެރުމަށް އެއްބާރުލުން ދީގެން ކުރެވެން ހުރި ކަންތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ. 

advertisement

ތެޔޮބޯޓެއްގައި ގެއްލިގެން އުޅުނު އެކަކު ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (45އ) މިއަދު ވަނީ ފެނިފައި ވެއެވެ. އޭނާ ފެނިފައިވަނީ މާލެ، ގެސްޓް ހައުސް އަކުންނެވެ. 

ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ޗާޖް ކުރަން ފަށަނީ

ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅުގައި ތަކެތި ދޭ ނަމަ، ކޮންމެ ކޮތަޅަކަށް ފީގެ ގޮތުގައި 2 ރުފިޔާ ނަގާނެ އެވެ. ކަސްޓަމަރުންގެ އަތުން މި ފީ ނަގަން ފަށާނީ 18 އެޕްރިލް 2023 އިން ފެށިގެން ނެވެ.

އިރުވައި މޫސުން ފެށިއްޖެ

މިއަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. މިއަހަރު އިރުވައި ފެށުނީ އާއްމުކޮށް އިރުވައި ފެށޭ ވަރަށް ވުރެ ލަހުން ކަމަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރު ވައްކަމުގެ 3،970 މައްސަލަ

މިދިޔަ އަހަރު އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ނިމިދިޔަ 2022 ވަނަ އަހަރު ޖުމުލަ 11،371 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0