މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

4 ޖެނުއަރީ 2023 - 16:33

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މެންދުރު 14:00 އިން 16:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިޔަކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ ހެންވޭރު އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ނެވެ.

advertisement

ހޯރަފުށީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގަން 3 ފަރާތެއްގެ ޝައުގުވެރިކަން

މި މަސައްކަތަށް ޝައުގުވެރިކަން ފަޅުކުރި 3 ފަރާތަށް ބިޑް ހުށައެޅުމުގެ މުއްދަތު ކައުންސިލުން ވަނީ މިމަހުގެ 22 އަށް އިތުރުކޮށްދީފައި ވެއެވެ. ކުރިން އެ މުއްދަތު ކަނޑައަޅާފައި އޮތީ މިިދޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރީ 7 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ  7.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް އެސްޑީއެފް ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓަރ ރަ އަތޮޅަށް ޒިޔާރަތް ކޮށްފި

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ރ. އަލިފުށި ކައުންސިލާއި ބައްދަލުކޮށްފިއެވެ. އަދި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މި އެކްސިޑެންޓު ހިނގީ ބްރިޖުން އެއާޕޯޓަށް ދާ ދިމާލުގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0