ސްޓެމް: ކުޑަކުދިންގެ ބިހޭވިއާ އަށް ހުރިހާ ފަރުވާއެއް ލިބޭ ސެންޓަރު

7 ޖެނުއަރީ 2023 - 11:45

ބައެއް ފަހަރު ކުޑަދަރިފުޅު މާބޮޑަށް ސިޔާސަވެގެން އުޅެފާނެ އެވެ. އަނެއް ބައި ފަހަރު މާ މަޑުން ހުރެފާނެ އެވެ. ނުވަތަ ވާހަކަ ދެއްކުން މަދުވެދާނެ އެވެ.

ޅަ އުމުރުގައި ކުދިންގެ މިފަދަ ގޮތްތައް ދެނެގަތުމަކީ ވެސް ބައެއް ބެލެނިވެރިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ހަގީގަތް އެނގޭ އިރު އޮންނަނީ ކުޑަ ދަރިފުޅަށް ކޮންމެވެސް ފަރުވާއެއް ބޭނުންވެފަ އެވެ.

advertisement

ކުޑަކުދިންގެ ބިހޭވިއާ އަށް ފަރުވާ ދޭ ސެންޓަރުތަކަކީ ރާއްޖޭގައި އެހާ އާއްމު ތަންތަނެއް ނޫނެވެ. ނަމަވެސް ހުޅުމާލޭގައި ދާދި ފަހުން ހުޅުވި “ސްޓެމް” އަކީ ކުޑަ ކުދިންގެ ކިބައި ހުންނަ ނަފްސާނީ އަދި އެނޫންވެސް އެތައް ކަމަަކަށް “ފަރުވާ” ދިނުމަށް ޚާއްސަ ތަނެކެވެ.

ސްޓެމް ސެންޓަރުގައި ތެރަޕިސްޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭން ބޭރުގެ ތަޖްރިބާކާރުންނެވެ.

ތެރަޕިސްޓުން ހޮވާފައި ވަނީ ވެސް އެ މީހުންގެ ފެންވަރު ވަޒަންކުރުމަށް ފަހު އެވެ. އަދި ދެވޭ ފަރުވާގައި ވެސް ތެރަޕިސްޓުންގެ ފަރުވާގެ ފެންވަރު ވަޒަންކުރަމުން ގެންދާނެ އެވެ. އެހީ އަށް ބޭނުންވާ ކުދިން ކުޅެ މަޖާކޮށް، އުނގެނި ދަސްކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ސްޓެމް ސެންޓަރުގައި ވަނީ ގާއިމްކޮށްފަ އެވެ.

ސްޓެމް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކުޑަކުދިން ގަޔާވާނެ ފަދަ މާހައުލަކަށް ވާނެ ގޮތަށެވެ. އެހީ އަށް ބޭނުންވާނެ ކުދިންނަށް، ރައްކާތެރި ވެއްޓެއްގައި، ލޯތްބާއި ކުލުނާއި ތެދުވެރިކަމާއި އިތުބާރާ އެކު އަތްފޯރާ އަގެއްގައި ޚިދުމަތް ދިނުމެވެ.

ސްޓެމް ސެންޓަރުގެ ޚިދުމްތައްތައް ފޯރުކޮށްދެމުން ދާނީ ކުދިންގެ ކުރިމަގު އުޖާލާ ކުރުމުގެ މަގްސަދުގައި، ބެލެނިވެރިންނާ ވެސް ގުޅިގެން ޓީމެއްގެ ގޮތަށެވެ. 

އެ ސެންޓަރުގެ މޮޓޯއަކީ ވެސް އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ކޮންމެ ކުއްޖަކަށް ވެސް އެންމެ އެދެވޭ، ހައްގު މިންވަރު ތަނަވަސްކޮށްދިނުނެވެ. 

 1. ސްޓެމް ސެންޓަރުން ދޭ ޚިދުމަތްތައް
 2. އެސެސްމެންޓްސް
 3. ސްޕީޗް ތެރަޕީ
 4. އޮކިއުޕޭޝަނަލް ޕެރަޕީ
 5. ބިހޭވިއާ ތެރަޕީ
 6. ޕްލޭ ތެރަޕީ
 7. އާލީ އިންޓަވެންޝަން ކްލާސް
 8. ގްރޫޕް ތެރަޕީ
 9. ޕޭރަންޓް/ކެއާޓޭކާ އެންރިޗްމަންޓް ސެޝަންސް
 10. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ރައިޓިން ކްލާސް
 11. ޗައިލްޑް ޓްރައުމާ އެސިސްޓެންސް

ސްޓެމް ސެންޓަރު ހުޅުވިފައި ހުންނާނީ ހޮނިހިރުން ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8 އިން ހަވީރު 6 އަށެވެ. ސެންޓާރު ހުންނާނީ ހުޅުމާލޭ ހިތިގަސް މަގު R14-01 ގަ އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7215556 އަށެވެ. ސްޓެމް ސެންޓަރުގެ ޓެލެގްރާމް ޗެނަލް https://t.me/stemcenter_mv  މެދުވެރިކޮށް ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ މައުލޫމާތު ބެލެނިވެރިންނާ ހިއްސާ ކުރަމުން ގެންދާނެ އެވެ.

ރިއެކްޝަންސް
0
2
0
0
0
0
0