މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

7 ޖެނުއަރީ 2023 - 18:05

މިސްކިތްތައް މަރާމާތުކުރުމަށް އެއް ދުވަހުން ތިން ލައްކަ ރުފިޔާ ލިބިއްޖެ

ސިޓީ ކައުންސިލުން އިއްޔެ ފެށި ‘ފަންޑް ރެއިސިން’ ހަރަކާތުގެ ތެރެއިން އެއް ދުވަސް ތެރޭގައި ޖުމްލަ 313،397.90 ރުފިޔާ ލިބިއްޖެ އެވެ. އާޓިފިޝަލް ބީޗުގައި ފަންޑު ފޮށި ބަހައްޓައިގެން ކުރއަށް ގެންދާ “ޗާލު މިސްކިތް” ހަރަކާތް ނީމޭނީ މިރޭ އެވެ. 

advertisement

ރައީސް ނ. އަތޮޅަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނ. އަތޮޅަށް ވަޑައިގެންފި އެވެ. އެ އަތޮޅުގެ ފުރަތަމަ ވަޑައިގަންނަވާފައިވަނީ ކެނދިކުޅުދޫއަށެވެ. 

ކުރީގެ ރައީސް، ރައީސް ނަޝީދު ފ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ. އެރަށުގެ ގޭގެއަށް ޒިޔާރަތް ކޮށް ރައީސް ނަޝީދު ވަނީ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައި އެވެ.

ދުވާފަރުގައި ކުނި މެނޭޖުކުރުމުގެ ކެމްޕޭނެއް

އެމްޑަބްލިއުއެސްސީ އިން “ނަލަ ދުވާފަރު”ގެ ނަމުގައި ރ. ދުވާފަރުގައި ކުނި މެނޭޖުކުރުމުގެ ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ. ދުވާފަރު ކައުންސިލާއި އެހެން މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ދުވާފަރުގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވި އެވެ.

ކުޅުދުއްފުށީ ގެއެއްގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ހދ.ކުޅުދުއްފުށީ ޒަމާނީ ގޭގެ ގޯތީގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. ރޯވެފައިވަނީ އެގޯތީގައި ހުރި ގުދަނެއްގައެވެ. 

 

ރިއެކްޝަންސް
0
0
0
0
0
0
0