އުރީދޫގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ގިފްޓް ކާޑް އާއި ކޯޑު ގަނެވޭ ގޮތް ހަދައިފި
January 11, 2023
އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަރސް ޕެލެޓްފޯރމްތަކުގެ ގިފްޓް ކާޑް ކާރޓީ ސްޓޯރ މެދުވެރިކޮށް ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެއެވެ.
Having trouble finding a reliable store to make your iTunes Gift Card Purchases? Karti Store has you covered! Get your code instantly without the need for card details.
— Ooredoo Maldives (@OoredooMaldives) January 9, 2023
Shop via 👉 https://t.co/9yjZOX4XQb pic.twitter.com/MB437PCQ4V
ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާރސް އަދި ގޭމިންގ ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެއެވެ.
އުރީދޫ މޯލްޑިވްސް އާއި ކަރްތީގެ ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް ޚިދުމަތް ހޯއްދެވޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރ އިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެއެވެ.
އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:
- ބޭނުންފުޅުވާ ގިފްޓް ކާޑް ޚިޔާރު ކުރައްވާ
- ގައުމު ގެ ގޮތުގައި މޯލްޑިވްސް ޚިޔާރުކުރައްވާ
- މޮބައިލ އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ޚިޔާރުކުރައްވާ
- މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕަރޗޭސް އަށް ފިއްތާލައްވާ
- ޕަރޗޭސް ފުރިހަމަ ކުރެއްވުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
- ޕިން ނަންބަރު ޖައްސަވާ ކޮންފާރމް އަށް ފިއްތާލައްވާ
- ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު “މައި ކާޑްސް” އިން ފެނިވަޑައި ގަންނަވާނެ
ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރެއްވުމަށް:
- www. kartistore.com އަށް ޒިޔާރާތްކުރައްވާ
- ރެޖިސްޓަރ ކުރެއްވުމަށް ސައިންއަޕް ލިންކަށް ފިއްތާލައްވާ
- ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އީމެއިލް ގައިވާ ލިންކް އަށް ފިއްތަވާލައްވާ
- އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/karti



