މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 ޖެނުއަރީ 2023 - 18:15

ނީލަންފިހާރަ އެހެންތަނަކަށް ބަދަލު ކުރަން ކައުންސިލުން ނިންމައިފި

މާލެ ސިޓީގެ ނީލަން ފިހާރަ ކުރިން ހުރި ސަރަހައްދުގައި ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައި އެވެ. 

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެންނަނީ

ގައުމީ އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ. އާއްމުކޮށް އިނާމުދޭ ދާއިރާތަކުގެ އިތުރުން އާ ދެ ދާއިރާ އަކުން މި އަހަރު އިނާމު ދިނުމަށް ވެސް ހަމަޖައްސާފައިވެއެވެ. 

advertisement

އެޑިޔުކޭޝަން މިނިސްޓަރ ސްކޫލްތަކަށް ޒިޔާރަތްކުރުން

ދިރާސީ އަހަރުގެ ދެވަނަ ޓާމް ފެށުމާ ގުޅިގެން މިނިސްޓަރ ވަނީ މިއަދު އަރަބިއްޔާ ސްކޫލަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ ސްކޫލުގައި އަލަށް ޤާއިމްކުރި ލެބޯޓަރީ ބަލައި އަދި ދަރިވަރުންނާއި ބައްދަލުކޮށްފައިވެއެވެ.

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.  މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. 

އެންވާރަމަންޓް މިނިސްޓްރީ އިން ގާޒީ ސްކޫލްގެ ފީލްޑް ޓްރިޕެއްގައި ބައިވެރިވެއްޖެ

ގާޒީ ސްކޫލުގެ ގްރޭޑް 4 ގެ ދަރިވަރުން ވިލިމާލެއަށް ކުރި ފީލްޑް ދަތުރެއްގައި މިނިސްޓްރީގެ ޓީމެއް ބައިވެރިވެއްޖެ އެވެ. މި ދަތުރުގައި އާންމު ތިމާވެށްޓާއި އައްސޭރިފަށުގެ ރައްކާތެރިކަމާއި ވައި ތަޣައްޔަރުވުމާއި ކުނި މެނޭޖްކުރުމާ ބެހޭ މައުލޫމާތު ސެޝަނެއް ބާއްވާފައިވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0