މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 ޖެނުއަރީ 2023 - 19:13

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަންނަނީ

މިރޭ އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާނެއެވެ. މާދަމާ 18:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ބަންދުކޮށް، ބައެއް ސަރަހައްދުތަކުގައި ޕާކްކުރުން ވަނީ މަނާ ކޮށްފައެވެ. 

advertisement

އެޑިޔުކޭޝަން މިނިސްޓަރު  އައްޑޫ ބިލަބޮންގް އަށް ޒިޔާރަތްކޮށްފި

މިނިސްޓަރ އައިޝަތު އަލީ ވަނީ މިއަދު އައްޑޫ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ސްކޫލް ދަރިވަރުންނާ ބައްދަލުކޮށްފައެވެ. މިނިސްްޓަރ އައްޑު އަށް ވަޑައިގަތީ މިހާރު ރައީސް އައްޑު އަށް ކުރައްވަމުން އަންނަ ދަތުރުގައި ރައީސްގެ އަރިހުގައެވެ. 

ވެމްކޯ މަހިބަދޫގައި ހުރި ކުނިތައް ސާފުކުރަނީ 

މިއަދު ވެމްކޯގެ ޓީމްއެއް އދ. މަހިބަދޫއަށް ޒިޔާރަތްކޮށް އެ ރަށުގައި ހުރި ކުނިތައް ސާފުކުރުމުގެ މަޝްރޫއުއެއް ފަށައިެވެ. މިއީ އެއްދުވަހުގެ މަސައްކަތެއް ކަމަށާއި މިއަދު ކުނި ނެގުން އެކީ ނިމިފައިވާ ކަމަށް ވެމްކޯ އިން މައުލޫމާތުދެއެވެ. 

މިނިސްޓަރ އައިޝަރުތު އައްޑޫ ސިޓީއަށް ޒިޔާރަތްކުރެއްވުން

އައްޑޫ ހައި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާ މިއަދު އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފިއެވެ. އޭގެ އިތުރުން އައްޑޫ ހައި ސްކޫލްގެ 12 ކްލާަސްރޫމް އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ބައްލަވައިލެއްވި އެވެ. 

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާ އިން ބުނެފި އެވެ. މުދަލުގެ ޒަކާތުގެގޮތުގައި 91.4 މިލިއަން ދިވެހި ރުފިޔާ އާއި 8315 ޑޮލަރެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0