ޑީއެންއޭ ސެލްތައް އަމިއްލަ ހަށިގަނޑަށް ހަމަލާ ދޭން ފެށުމާއި ކެންސަރު

7 ފެބުރުއަރީ 2023 - 13:52

އިންސާނާގެ ހަށިގަނޑުގައިވާ އެކި ސެލްތަކަށް ފަންކްޝަން ކުރަން ވީ ގޮތާއި ވަގުތު ބުނެދެނީ ޑީއެންއޭ ޖީންތަކުންނެވެ. ޑީއެންއޭ ސެލްތަކުގައި ޖަރާސީމެއް ތަރައްޤީވެ މަސައްކަތްކުރާނެ ގޮތުގެ އިރުޝާދުތައް ހިމެނެއެވެ.  މި ސެލްތައް އަބަދުވެސް ތިބެނީ އިންސާނާގެ ހަށިގަނޑުގެ ރައްކަލަށް ފާރަވެރިވެ ހަނގުރާމަ ކުރުންމަތީގައެވެ. އެ ރޯލު އަދާ ނުކުރެވޭ ވަރަށް ޑީއެންއޭ ސެލްތައް ބަލިވުމުން، އެ ސެލްތަކަށް އޮޅުންބޮޅުން އަރައި އަމިއްލަ ހަށިގަނޑަށް ހަމަލާދޭން ފަށައެވެ. އެކިއެކި ހާލަތްތަކުގެ ސަބަބުން ހަށިގަނޑަށް ޖެހޭ ބަލިތައް ކެންސަރަށް ބަދަލުވަނީ އެހިސާބުންނެވެ.

ޑީއެންއޭ ޖީންތަކަކީ އިންސާނާ އަކީ ކާކުކަން ކަނޑައަޅާ ސެލްތަކެވެ. މިސާލަކަށް އިންސާނާ އުފެދޭ އިރު ބޮލުގައި ހުންނަންވީ ކުލަ، ހަމުގެ ކުލަ، ލޮލުގެ ކުލަ ފަދަ ކަންކަން ނިންމަނީ މި ސެލްތަކުންނެވެ. ސެލްތަކަށް އުފެދެންވީ މިންވަރާއި މަރުވާންވީ ވަގުތާއި، ރީޕްރޮޑިއުސް ކުރަންވީ ގޮތް ބުނެދެނީ މި ސެލްތަކެވެ.

advertisement

ކެންސަރު ޖެހުމަށް ދިމާވާ މައިގަނޑު ސަބަބަކީ ސެލް މިއުޓޭޝަންއެވެ. މިއީ ސެލްތައް އޭގެ އަސްލު ގުދުރަތީ ސިފަ ނެތި ދާން ފެށުމުން ދިމާވާ ކަމެކެވެ. މިކަން ދިމާވާ ސަބަބުތަކުގެ ތެރޭގައި،

•         ދުންފަތުގެ އިސްތިއުމާލު ކުރުން،

•         ރޭޑިއޭޝަން، (އެކްސްރޭ ނަގާއިރު ހަށިގަނޑަށް ފޮނުވާ އަލި)،

•         އިރުން ބޭރުކުރާ އަލްޓްރާ ވައިލެޓް ރޭޑިއޭޝަން،

•         ވެށީގައި އެކުލެވޭ އެކި ކެމިކަލްތައް އަދި؛

•         ކާބޯތަކެތީގައި ހިމެނޭ ވިހަ މާއްދާތައް ހަށިގަނޑަށް ވާސިލުވުން ހިމެނެއެވެ.

ބައެއް މީހުންނަކީ އުފެދުމުގައި ވެސް ބަލިކަށި ސެލްތައް ހަށިގަނޑުގައި އުފެދިފައި ތިބޭ މީހުންނެވެ. އެފަދަ މީހުންނަށް އެ ސެލްތައް ލިބެނީ މައިންބަފައިން ނުވަތަ އާއިލާގެ ފަރާތުންނެވެ. އުފެދުމުގައި ވެސް މީހާގެ ހަށިގަނޑުގެ ސެލްތައް ބަލިވެ މިއުޓޭޓް ވެފައިވާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު އެފަދަ މީހުންނަށް ބޮޑުވާނެއެވެ. މީގެ މާނަ އަކީ އެފަދަ މީހުންނަށް ކޮންމެހެން ކެންސަރު ޖެހޭނެކަން ކަށަވަރުވުމެއް ނޫނެވެ. ނަމަވެސް ސެލްތަކަށް އޮޅުންބޮޅުން އަރައި ހަށިގަނޑަށް ހަމަލާދޭން ފެށުން ގާތްވާނެއެވެ. ސެލްތަކަކީ އޭގެ ޒާތުގައި އަމިއްލައަށް ރިޕެއާވާ އެއްޗެއްކަމުން ބަލި ސެލް އެއް ހަށިގަނޑުގައި ވާކަން އެނގުމުން އިންސާނާގެ ދިފާއީ ބާރު އެފަދަ ސެލްތައް މަރާލައެވެ. އެއީ ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރުމުގެ ގޮތުންނެވެ. ނަމަވެސް ސެލްއެއް މިއުޓޭޓްވެ އޭގެ ރޯލު އޮޅި ކުރަންވީ ކޮންކަމެއް ކަން އޮޅޭ ހިސާބުން ސެލްތައް ގުނަވެ ކޮންޓްރޯލުން ނެއްޓިދެއެވެ. ސެލް އަމިއްލައަށް ރިޕެއާ ނުވެ ދެން ދިމާވާ ކަމަކީ މަރުވާން ވީ ވަގުތު އެ ސެލް މަރުނުވެ، އޭގެ އެހެންސެލްތައް އިތުރުކުރުމެވެ. ކެންސަރު ޖެހެނީ މިފަދައިން ދިމާވުމުންނެވެ. ސެލްތަކަށް އޮޅި މީހާގެ ހަށިގަނޑަށް ހަމަލާދީ ބަލިކަށި ކޮށްލަން ފެށުމުންނެވެ.

މިފަދަ ޖީން މިއުޓޭޝަންތަކުން ހަށިގަނޑު ސަލާމަތްކޮށް، ސެލްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ގަވާއިދުން ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުމެވެ. އަދި ހަށިގަނޑަށް ވިހަ މާއްދާތައް އެތެރެވިޔަނުދިނުމަށްޓަކައި ވައި ނުސާފުތަންތަނަށް ނުދިޔުމާއި، އަވި ގަދަ ވަގުތުތަކުގައި ޔޫވީ އިން ސަލާމަތްވުމެވެ. ކާބޯތަކެތި ހިޔާރުކުރުމުގައި ކެމިކަލްތަކާއި ޕްރިޒަވޭޓިވްސް ނުހުންނަ، ޕްރޮސެސް ނުކުރާ ކާނާ ހިޔާރުކުރުމެވެ. ކަސްރަތުކޮށް މީހާގެ ހަށިގަނޑުގައި ހުންނަ ވިހަތައް ދަލާއި އެކު ބޭރުކުރުމެވެ. މިފަދަ އާދަތައް ނުގެންގުޅެވޭނަމަ ސެލްތަކަށް އޭގެ މަސައްކަތް އޮޅޭ ހިސާބަށް ބަލިވުމަކީ ގާތްކަމެކެވެ.

ރިއެކްޝަންސް
0
2
0
2
0
0
0