މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
February 25, 2023
އެފްއެންބީ ޝޯއަށް ނައިބު ރައީސް ޒިޔާރަތް ކުރައްވައިފި
This evening, Vice President @faisalnasym visited the stalls at the sixth annual "Food and Beverage Show 2023" at Hulhumalé Central Park and inquired about the products and services on display at the exhibition. pic.twitter.com/KkNSsVKEFF— The President's Office (@presidencymv) February 24, 2023
ކާބޯ ތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވައި އެންމެ ބޮޑު އެއް ޝޯ، “ފުޑް އެންޑް ބެވަރޭޖް” ޝޯއަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފި
އެ މަނިކުފާނު ވަނީ އެ ޝޯއަށް ޒިޔާރަތް ކުރައްވައި، އެ ސްޓޯލްތަކުގައި ހުރި ކާބޯތަކެތީގެ ބާވަތްތަކުގެ މައުލޫމާތު ސާފުކޮށްފައި
ޔޫއޭއީއާއެކު އަސްކަރީ ގުޅުންތައް ވަރުގަދަކުރަން މަޝްވަރާކޮށްފި
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގެ ތެރެއިން
މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ދެމެދު
އެމްޓީޑީސީން ތަރައްޤީކުރާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މިއަހަރު ފަށަނީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކުރާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މިއަހަރު ފަށަން ތައްޔާރުވެފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ
މިކުންފުންޏަށް 15 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވަނީ އެކުންފުނިން 230 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައި
އަމާޒަކީ މިއަހަރު ނިމޭއިރު 800އަށްވުރެ ގިނަ ދަނޑުވެރިންނާއެކު މަސައްކަތްކުރުން: އެގްރޯނެޓް
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، މިހާރުވެސް އެކުންފުންޏާއި އެކު 700އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުންދާކަމަށް
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭ އުފައްދާފައިވާ ކުންފުންޏެއް
ކަރަންޓު ބިލުގެ ތެރެއަށް ކުނި ބިލު ހިމަނައި ފީ ސްޓްރަކްޗަރ އެކުލަވާލައިފި
ކުންފުނީގެ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޚަރަދު ބެލި އައު ފީ ސްޓްރަކްޗަރ އެކުލަވާލާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅާފައިވާކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވެއްޖެ
މިއީ އެ ކުންފުނީގެ މަލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކަށްވެސް އޭނާ ވިދާޅުވި



