މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 މެއި 2023 - 16:51

އިންނަމާދޫ ފެނުގެ ނިޒާމް ޓެސްޓުކޮށް ނިންމާލައިފި

  • ރ. އިންނަމާދޫގައި ފެނުގެ ނިޒާމް ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް އިއްޔެ ނިންމާލައިފި
  • އިންނަމާދޫ ފެނުގެ ނިޒާމުގެ ތަރައްގީކުރުމަކީ ޕްލޭނިން މިނިސްޓްރީން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި

  • އޮސްޓްރޭލިއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ހައި ކޮމިޝަނެއް ހުޅުވައިފި 
  • ހައި ކޮމިޝަން ގާއިމްކުރީ ޖެން ހޮޓަލުގެ ފަސްވަނަ ފްލޯގައި

ސިފައިންގެ މުސާރައަށް އަންނަ ހެޔޮބަދަލުގެ ފައިދާ ވަރަށް އަވަހަށް ލިބޭނެ: މާރިޔާ

  • ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބުނެފި
  • މާރިޔާ މިހެން ބުނީ ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ވާހަކަ ދައްކަމުން

ނާއިބު ރައީސް ދަރަވަންދޫ ބަނދަރުގެ ޙާލަތު ބަލައިލައިފި

  • ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބ.ދަރަވަންދޫ ބަނދަރުގެ ޙާލަތު ބަލައިލައިފި
  • ދަރަވަންދޫ ބަނދަރުގެ ޙާލަތު ނާއިބު ރައީސް ފައިޞަލް ނަސީމް ބެލީ އެރަށު ކައުންސިލާ އެކުގައި

މާފަރު އެއަރޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ

  • ނ.މާފަރު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ
  • މިހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ އިންޑިޔާގެ މީހެއް
ރިއެކްޝަންސް
0
0
0
0
0
0
0