މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

27 މެއި 2023 - 16:43

ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

  • މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން 8 ގައުމެއްގެ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
  • ރިޔާސީ އިންތިހާބުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި

މިއަހަރުގެ ފުރަތަމަ ޔޫތު ލީޑާރސް ފޯރަމް ކޮޅުފުށީގައި ފަށައިފި

  • ޔޫތު ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފި
  • މިއަހަރުގެ މިފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި

ސިނަމާލެ ފްލެޓުތައް ތަޅާލައި އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

  • މާލޭގައި ހުންނަ ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އެތަން އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފި
  • ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އެތަން އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވަނީ ހިމަނާފައި

ނައީމާގެ މަރުގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

  • ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާ މަރާލިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި
  • ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައި

ނިލަންދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކޮށްފި

  • ނިލަންދޫ ދާއިރަގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅެފި
  • މެންބަރު ޢަބްދުލްމުޙްސިން އެމް.ޑީ.ޕީއާއި ގުޅުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފ. އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން
ރިއެކްޝަންސް
0
0
0
0
0
0
0