މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 މެއި 2023 - 16:34

​މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގެ އެންމެ ޒަމާނީ އެއަރޕޯޓަށް: ރައީސް

  • ފ.މަގޫދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓް ވެގެންދާނީ މާބޮޑަށްވެސް ކުރިއަރާފައިވާ އެއަރޕޯޓަކަށްކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ބުނެފި
  • މަގޫދޫ ރައްޔިތުންނާ މުހާޠަބުކޮށް ވާހަކަ ދައްކަމުން ރައީސް ބުނީ ފ.އަތޮޅުގެ އާބާދީ ކުޑަނަމަވެސް އެ އަތޮޅަކީ ތަރައްގީކުރަންޖެހޭ އަތޮޅެއްކަމަށް

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް

  • މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދީފި
  • ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު

އެމްޑީޕީގެ ތެރެއިން ރައީސަށް ފުރިހަމަ އެއްބާރުލުންދޭނަން: މެންބަރު ޙަލީމް

  • ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އަޙްމަދު ޙަލީމް ބުނެފި
  • އަޙްމަދު ޙަލީމް ބުނީ އެމް.ޑީ.ޕީން މަސައްކަތް ކުރާނީ މީގެކުރިންވެސް މަސައްކަތްކުރިގޮތަށް ރައީސް ޞާލިޙާއާއެކު ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދީގެން ކަމަށް

މިހާތަނަށް 1716 ކްލާސްރޫމްގެ މަސައްކަތް ކުރިއަށްދޭ: މިނިސްޓަރ

  • މި ސަރުކާރުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދަކަމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބުނެފި
  •  މިނިސްޓަރ މިހެން ބުނީ ފ. ބިލެތްދޫ ސްކޫލުގައި ސަރުކާރުން ތަރައްޤީކުރި މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

  • ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
  • ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީޤްކުރަމުންދާކަމަށް
ރިއެކްޝަންސް
0
0
0
0
0
0
0