ލޯ އެލާޖިކްވުމުން ކުރެވިދާނެ ބައެއް ކަންކަން

1 ޖޫން 2023 - 12:14

މޫސުން ބަދަލުވުމާއި ވައި ތަގައްޔަރުވުމުގެ ސަބަބުން ލޯ އެލާޖިކް ވެއެވެ. މިގޮތަށް އާއްމުކޮށް ލޮލަށް ދިމާވަނީ ހަމުގެ އެލާޖީ،އާއި  ނޭވާލާ ހިއްލުން ފަދަ .އެލާޖިކް މައްސަލަ ދިމާވާ މީހުންނަށެވެ. މި އާޓިކަލްގައި މިގެނެސްދެނީ ލޯ އެލާޖިކްވުމުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ

  • ފިނިފެނުން ބޮނޑިތާންކުރުން: ސާފު ފިނި ފެނުން ލޯ ދޮވެލާށެވެ. އަދި ކަފަކޮޅެއް ފިނިފެނުން ތެންމާލުމަށްފަހު ލޮލުގެ މަތީގައި ބާއްވާ ކުޑައިރުކޮޅަކު ލޯ މަރައިގެން އޮވެލާށެވެ.
  • ދޮވެ ސާފުކުރުން: އަތާޢި މޫނު ރަނގަޅަށް ދޮންނަން އާދަކުރާށެވެ. އަދި ވަށައިގެން ހުންނަ ތަނާއި ތަކެތި ދޮވެ ސާފުކޮށް ބެހެއްޓުމަށް  އާދަކުރާށެވެ.
  • އަވިއައިނު ބޭނުންކުރުން: ބޭރުގައި އުޅޭއިރު އިރުގެ އަވިން ލިބޭ ގެއްލުމުން ސަލާމަތް ކުރުމަށް އަވިއައިނު ބޭނުންކުރާށެވެ.
  • ކޮސްމެޓިކްސް ބޭނުންނުކުރުން: ލޮލުގައި ކޮސްމެޓިކްސް ފަދަ ތަކެތި ބޭނުންކުރުމަކީ ލޯ ހިރުވާ އެލާޖީ އިތުރަށް ގޯސްވާ ކަމެކެވެ. މީގެ އިތުރުން ލޯ ނުއުނގުޅާ ވޭތޯ ބަލާށެވެ. ލޯ ހިކިފައި ބެހެއްޓިޔަ ނުދިނުމަށް ލޮލަށް އާޓިފިޝަލް ކަރުނަ ތިކި އަޅާށެވެ.

.މިފަދަ އެއްވެސް ކަމަކުން އެލާޖިކް ރިއޭކްޝަން ރަނގަޅު ނުވާނަމަ ޑޮކްޓަރަށް ދައްކާ ފަރުވާހޯދާށެވެ

advertisement
ރިއެކްޝަންސް
0
1
0
0
0
0
0