އާޓިފިޝަލް ސްވީޓްނަރ ގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް

3 ޖޫން 2023 - 15:10

ސިއްޙީ މާހިރުން ލަފާދޭގޮތުގައި ދުވާލެއްގެ މައްޗަށް ހަ މޭޒްމަތީ ސަމްސާ ނުވަތަ ސައުވީސް ގްރާމަށް ވުރެ އިތުރަށް ހަކުރު ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިއީ ގައިން ގަޔައްނާރާ ބަލިތައް މީހާ އަށް ޖެހުމަށް މަގުފަހިވާކަމެކެވެ.

ރާއްޖޭގައިވެސް ވަރަށް ގިނަ މީހުން އެކި އެކި ލޭބަލްޖަހާފައިވާ ކެލޮރީސް މަދުކަމަށް ލިޔެފައިވާ ހަކުރު ބޭނުންކުރެއެވެ. އެގޮތުން އެންމެ އާއްމުކޮށް ބޭނުންކުރާ ހަރުކުގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން ލިޔެފައިވާ ހަކުރު ހިމެނެއެވެ.

advertisement

އެހެން ނަމަވެސް މި ގޮތަށް އާޓިފިޝަލްކޮށް ހަދާފައި ހުންނަ ހަކުރު ނުވަތަ ފޮނިކުރަން ބޭނުންކުރާ އެއްޗިހި ބޭނުންކުރުމުން ސިއްހަތަށް ގެއްލުންކުރިމަތިވެއެވެ.

އެގޮތުން ދިމާވާ ބައެއް ގެއްލުމުގެ ތެރޭގައި:

  • ބަރުދަން އިތުރުވުން: އާޓިފިޝަލް ސްވީޓެނަރސް ބޭނުންކުރުމުން ކާހިތްވުން އިތުރުވެއެވެ. މިކަމުގެ ސަބަބުން ކެވޭ މިންވަރު އިތުރުވެ ބަރުދަން އިތުރުވެއެވެ. އާޓިފިޝަލް ސްވީޓެނަރސް އެކުލެވޭ ކާނާ ކެއުމުން ކާގަޑީގައި ބޮޑެތި ޕޯޝަން ކެވެއެވެ. އާޓިފިޝަލް ސްވީޓެނަރސް އިން ފޮނިކޮށްފައިވާ ގިނަ ކާނާތަކަކީ ކާބޯހައިޑްރޭޓްސް ގިނައިން ހިމެނޭ ކާނާތަކެކެވެ.
  • ހަކުރުބަލި ޖެހުމުގެ ފުރުޞަތު: އާޓިފިޝަލް ހަކުރުން ފޮނި ކޮށްފައިވާ ތަކެތި ކެއުމުގެ ސަބަބުން ހަށިގަނޑުގެ ލޭގެ ތެރޭގައި ހަކުރު ބޭނުންކުރުމުގެ ގާބިލްކަން ގެއްލި، މީހާގެ މެޓަބޮލިޒަމް އަށް ބަދަލުއާދެއެވެ.  ފަހުގެ ރިޕޯޓްތައް ބުނާގޮތުން ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސްވީޓެނަރސް މާގިނައިން ބޭނުންކުރުމަކީ ހަކުރުބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.
  • ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު:  ދުވާލެއްގެ މައްޗަށް އާޓިފިޝަލް ހަކުރުން ފޮނިކޮށްފައިވާ ދެ ބުއިމަށް ވުރެ ގިނައިން ބޯ މީހުންނަށް ހިތުގެ ބަލިޖެހުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެއީ ހަމަ އާދައިގެ ހަރުކުރު ގިނައިން ބޭނުން ކުރުން ކަހަލަ ކަމެކެވެ.
  • މެޓަބޮލިކް ސިންޑްރޯމް: މެޓަބޮލިކް ސިންޑްރޯމް އަކީ އާންމުކޮށް ލޭގެ ޕްރެޝަރު އިތުރުވުމާއި، ލޭގައި ހަކުރު މަތިވުމާއި، އުނަގަނޑުގައި ހަށިގަނޑުގައި ސަރުބީ އިތުރުވުމާއި، ކޮލެސްޓްރޯލްގެ މިންވަރު އާދަޔާ ހިލާފަށް އިތުރުވާކަމެކެވެ. އާޓިފިޝަލް ސްވީޓަނަރސް ގަވާއިދުން ބޭނުންކުރާ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު ދެގުނައަށް ބޮޑުކަން ފާހަގަކުރެވިފައިވެއެވެ.
  •  ރަހަ މަޑުވުން:  އާޓިފިޝަލް ސްވީޓެނަރސް އަކީ އާދައިގެ ހަކުރުއަށްވުރެ މާ ފޮނި ގަދަ އެއްޗެކެވެ. މިކަމުގެ ސަބަބުން އާއްމުކޮށް ހުން ފޮނި މޭވާ ފަދަ ތަކެތީގެ ރަހަ ކުޑަކަމަށް އިހްސާކުރެވޭނެއެވެ. މިހެން ވުމުގެ ސަބަބުން އިތުރަށް ފޮނިގަދަ ކާއެއްޗިހި ކެއުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެހެންކަމުން  ހަކުރު ގެ ބަދަލުގައި އެހެން އެއްޗެއް ހޯދަން ބޭނުންނަމަ، އަބަދުވެސް ރަނގަޅީ ގުދުރަތީ ގޮތުން ހެދިފައިވާ ފޮނި އެއްޗެހި ބޭނުންކުރުމެވެ. އެއީ ސިއްހަތަށް ނުރައްކާ ނުވެ ރަހަ ފޯރުކޮށްދޭނެ އެއްޗެކެވެ.

ރިއެކްޝަންސް
0
1
1
1
1
0
0